ސަރުކާރުން ފަށާ ޓެކްސީލައިންގެ ޕާކިންއަށް ހުޅުމާލޭން ބިމެއް

މާލޭގައި ހުންނަ ހަނި ގޯޅިތަކާއި މަގުތަކަށް ވެސް ވަދެވޭ ގޮތަށް، އެކި ސައިޒުތަކުގެ ކާރުތައް ސަރުކާރުން ފަށަން މަސައްކަތް ކުރާ ޓެކްސީ ލައިންގައި ހިމެނޭނެ ކަމަށް އަމީން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
ސަރުކާރުން ފަށަން މަސައްކަތް ކުރާ ޓެކްސީ ލައިންގައި ހިމެނޭ އިލެކްޓްރީކް ކާރުތައް ޕާކުކުރަން ހުޅުމާލޭން ބިމެއް ހަމަޖައްސައިދީފި އެވެ. 
ދަތުރުފަތުރުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވާއިރު، މި ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ބޭރުގައި ބޭނުންކުރާ އޫބާ އާއި ގްރެބް ފަދަ ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށްގެން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިން ހިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވަނީ ޒިޔާރަތް ކުރައްވައި، އެ ސަރަޙައްދު ބައްލަވާލައްވައިފަ އެވެ. އަމީންއާއެކު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި އެމްޓީސީސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މާލޭގައި ހުންނަ ހަނި ގޯޅިތަކާއި މަގުތަކަށް ވެސް ވަދެވޭ ގޮތަށް، އެކި ސައިޒުތަކުގެ ކާރުތައް ސަރުކާރުން ފަށަން މަސައްކަތް ކުރާ ޓެކްސީ ލައިންގައި ހިމެނޭނެ ކަމަށް އަމީން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ