މިއަހަރު ބާއްވާ މެރިން އެކްސްޕޯގައި އެލައިޑް އިންޝުއަރެންސް އިން ކުނިން ތައްޔާރުކޮށްފައިވާ ބޮޑު މަހެއް ދެއްކުމަށް ނިންމައިފިއެވެ.
އެލައިޑުން ބުނީ، މޯލްޑިވްސް މެރިން އެކްސްޕޯ 2025ގެ މެރިން އިންޝުއަރަންސް ޕާޓްނަރ، އަކީ އެލައިޑް އިންޝުއަރަންސްކަމަށެވެ. އެހެންކަމުން މިއަހަރުގެ މެރިން އެކްސްޕޯގައި ފީޗަރކުރުމަށް ހަމަޖެހިފައިވަނީ ޕްލާސްޓިކާއި އެހެނިހެން ރީކްލެއިމްޑް ތަކެތިން ތައްޔާރުކޮށްފައިވާ ސްކަލްޕްޗަރއެއްކަމަށް އެލައިޑުން ބުނެފައިވެއެވެ. އެހެން އަހަރުތަކާއި ހިލާފަށް، މިއަހަރު މެރިން އެކްސްޕޯ ޕްލެޓްފޯމް އެލައިޑުން ބޭނުންކުރާނީ ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތަކާއި މެދު ހޭލުންތެރި ކުރުމަށްކަމަށް ވެސް އެލައިޑުން ބުނެފައިވެއެވެ.
މެރިން އެކްސްޕޯގެ މިއަހަރުގެ ޝިއާރަކީ "ރިޑިއުސިންގ ޕްލާސްޓިކް ވޭސްޓް، ޕްރޮމޯޓިންގ އޯޝަން ކޮންޒަރވޭޝަން" އެވެ. މިޝިއާރުގެ ދަށުން ތައްޔާރުކޮށްފައިވާ ބޮޑު މަހުގެ ސްކަލްޕްޗަރއަކީ އެލައިޑް އިންޝުއަރަންސްގެ 40ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކ.ހިންމަފުށީގައި ބޭއްވި ކިކްއޮފް އިވެންޓް "ޑައިވް 40"ގެ ތެރެއިން ރަށާއި ފަޅުތެރެ ސާފުކޮށް ކުނީގެ ގޮތުގައި ނެގުނު ޕްލާސްޓިކާއި ރަބާރާއި ދަގަނޑު ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރީކްލެއިމްޑް ބޮޑު މަހެއްކަމަށް އެލައިޑުން މައުލޫމާތު ދީފައިވެއެވެ.
މިއީ އެލައިޑް އިންޝުއަރަންސާއި ރާއްޖޭގެ ހުނަރުވެރި އާޓިސްޓުން ކަމުގައިވާ ސޮބާ އަދި ހުސެއިން ހިމެނޭހެން، ޓޮކްސީ-ކްރޫއާއި ގުޅިގެން ތައްޔާރުކޮށްފައިވާ ސްކަލްޕްޗަރއެކެވެ. މިމަސައްކަތުގެ މަގުސަދަކީ މި ޕްލެޓްފޯމް މެދުވެރިކޮށް އަދި ތައްޔާރު ކުރެވިފައިވާ ސްކަލްޕްޗަރ މެދުވެރިކޮށް އެކްސްޕޯގެ ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދިނުންކަމަށް އެލައިޑުން ބުންޏެވެ.
މީގެ އިތުރުންވެސް މެރިން އެކްސްޕޯގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިޔުމަށް އެލައިޑުން ނިންމާފައިވެއެވެ. އޭގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމަށް ވާގިދޭ އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ ރިސައިކްލިންއަށް ހޭލުންތެރިކުރުމަށް މެރިން އެކްސްޕޯ ކުރިޔަށްދާ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް، ސްކަލްޕްޗަރ ބެހެއްޓިފައިވާ ސަރަހައްދުގައި ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.
އެލައިޑުން އިތުރަށް ބުނީ، މިއަހަރުގެ މެރިން އެކްސްޕޯގައި ވަރަށް ވެސް އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެކަމަށެވެ. އެގޮތުން ކަނޑުމަތީގެ އުޅަނދުތަކަށް ހާއްސަ ހަލް އިންޝުއަރަންސް ޕްލޭނެއް %40 ލައިފްޓައިމް ޑިސްކައުންޓެއް ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. މި އިނާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެލައިޑް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ކިއު-އާރް ކޯޑް ސްކޭން ކުރައްވައިގެންނެވެ.
ހަމަ އެއާއި އެކު، ރީކްލެއިމްޑް ވޭލްގެ ފޮޓޯއެއް ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި އެލައިޑް ޓެގް ކުރުމަށްފަހު ޕަބްލިކް ސެޓިންގައި ޝެއަރ ކުރާ ފަރާތްތަކާއި ފުރަތަމަ އިނާމަށް ކުރިމަތިލާ، ނުހޮވޭ ފަރާތްކުގެ މެދުގައި ލަކީޑްރޯއެއް ނަގާ ނަސީބުވެރި 2 ފަރާތަށް، 1 އަހަރު ދުވަހުގެ ވެލިޑިޓީއާއި އެކު ވޯލްވައިޑް ޓްރެވަލް ޕްލޭނެއްވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.
މެރިން އެކްސްޕޯ: އެލައިޑުން ދައްކާލަނީ ކުނިން އުފައްދާފައިވާ ބޮޑު މަހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ