ލ. ގަމުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މެންޓަލް ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިޔުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ލ. ގަމުގައި ޤާއިމުކުރާ މެންޓަލް ހެލްތު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރެވެމުންދާކަމަށެވެ.
ލ. ގަމުގެ މެންޓަލް ހޮސްޕިޓަލުގެ އިތުރުން ގދ. ގައްދޫ ހޮސްޕިޓަލާއި، ތ. ވިލުފުށި ހޮސްޕިޓަލް އެޅުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން މެންޓަލް ހެލްތުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލެއްވިއެވެ. އެގޮތުން 24 ގަޑިއިރުގެ ޚިދުމަތްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ގޮތުގައި 1677 ގެ ޚިދުމަތް މިދިޔައަހަރުގެ މާރިޗްމަހުގެ ތެރޭގައި ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ނަފްސާނީ ފަރުވާއަށް ޚާއްސަ މަރުކަޒަކަށް މިހާތަނަށް ރާއްޖޭގައި ޤާއިމުވެފައި ހުރީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ "މެންޓަލް ހެލްތް ކްލިނިކް" އެކަންޏެވެ.
ލ. ގަމު މެންޓަލް ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެ - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ