ރިޔާސީ ބަޔާން 2025: ފްލޯޓިންގ ސޯލާ ޕްރޮޖްކްޓްގެ މަޝްރޫޢު 2027 ވަނަ އަހަރުތެރޭގައި ނިމި، ރައްޔިތުންނަށް އޭގެ ނަފާ ލިބެންފަށާނެ

ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ ގޮތުން، ފްލޯޓިންގ ސޯލަރ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ހުއްދަ ދޫކުރުމަށް ތައްޔާރުވަމުންދާކަމަށާއި މިމަޝްރޫޢު 2027 ވަނަ އަހަރު ނިމި، އޭގެ ނަފާ ލިބެންފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އިއާދަކުރުނިވި ހަކަތައިގެ މަޝްރޫޢުތައް އިތުރަށް ތަރައްޤީކުރުމުގެ ގޮތުން، މާލެ އަތޮޅު ފަޅެއްގައި ޤާއިމްކުރުމަށް ނިންމާފައިވާ ފްލޯޓިންގ ސޯލާ މަޝްރޫޢުގެ ސަބަބުން، އިރުގެ އަލިން 100 މެގަވޮޓް އުފައްދައި، ނެޝަނަލް ގްރިޑަށް އިތުރުވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ، އިއާދަކުރުވަނިވި ހަކަތައަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ފާއިތުވެދިޔަ އަހަރު އިރުގެ އަލިން 15 މެގަ ވޮޓްގެ ކަރަންޓު އުފައްދާ ނިޒާމު ގާއިމްކުރެވި، ނެޝަނަލް ގްރިޑަށް އިތުރުކުރެވިފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ސިނާޢަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް "މަގޭ ސޯލާ" މަޝްރޫޢު ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ