ޕޮލިސް ކޮމިޝަނަރުގެ މަގާމަށް، ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަންކުރައްވައިފިއެވެ.
މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.
އެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލެއްވިއެވެ.
ޕޮލިސް ބޯޑުން އިއްޔެވަނީ އެ ތިން ބޭފުޅުން ވެސް ކޮމިޝަނަރު ކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިފައެވެ.
މަގުބޫލު ލިޔުންތައް ހަނީމޫނަށް ކާޖަލް ރާއްޖެއަށް ކުރި ދަތުރުން ބޮޑު ސަޕްރައިޒެއް! މި އަހަރުގެ އީދު ކުޅިވަރުތަކުން އެންމެ ފާހަގަކުރެވުނީ އައްޑޫކުދިންގެ ރީތިކަން ދީޕިކާ ކައްކަރް އަށް ލިވާ ކެންސަރ ޖެހިއްޖެ ކުޑައިރު އެންމެ ގިނައިން އިވުނީ މަންމަ އާއި ބައްޕަގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ