ޑްރަގް ވިއްކާ ކަމުގެ ތުހުމަތުގައި ދޮށީ އުމުރުގެ މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރ. އިނގުރައިދޫ ދޮށީ އުމުރުމުގެ މީހަކު ހައްޔަރު ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ މާލެ / ދަފްތަރު ނަންބަރު 2689، އަލީ ޝަރީފް (62އ) އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 14ވަނަ ދުވަހު އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. 
މި އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރު ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ