ދެކުނު އެފްރިކާ އިން ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި ދެކުނު އެފްރިކާ އިން ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ލަންޑަން (ޖޫން 14) - އޮސްޓްރޭލިއާ އަތުން ފަހު ދުވަހު، ފަސް ވިކެޓުން ކުރިހޯދައި، ދެކުނު އެފްރިކާ އިން ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) މުބާރާތެއްގައި ދެކުނު އެފްރިކާގެ ފުރަތަމަ ކާމިޔާބެވެ. އެ ޓީމަށް މި ވަނީ، 27 އަހަރު ތެރޭ ފުރަތަމަ ތަށްޓެއް ހާސިލްކުރެވިފަ އެވެ.
ލޯޑްސްގައި ކުޅުނު މެޗުގައި، ދެކުނު އެފްރިކާ އަށް ކާމިޔާބުކޮށްދޭން ފަހު ދުވަހު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، އެއިޑަން މާކްރަމް އެވެ. އޭނާ ވަނީ، 207 ބޯޅައިން 136 ލަނޑު ހަދައިފަ އެވެ.
ދެކުނު އެފްރިކާ އިން ޓޮސް ދިމާވުމުން ހޮވަން ގަސްދުކުރި މި މެޗުގައި، އޮސްޓްރޭލިއާ އަށް 65 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން، ހެދުނީ، 207 ލަނޑެވެ.
ދެކުނު އެފްރިކާ އަށް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މާކްރަމް އުފާފާޅުކުރަނީ.
އެންމެ ގިނަ ލަނޑު ހަދައިދިނީ، ނުބައިނުވެ، 136 ބޯޅައިން 58 ލަނޑު ހެދި މިޗެލް ސްޓާކް އެވެ. ޖަވާބުގައި ކުޅެން އަރައި، ދެކުނު އެފްރިކާ އިން މޮޅުވިއިރު، 83.4 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވިއިރު، 282 ލަނޑު ހެދި އެވެ.
ދެކުނު އެފްރިކާ އަކީ އައިސީސީ ޓެސްޓް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ތިން ވަނަ ޓީމެެވެ. އެންމެ ފުރަތަމަ 2021 ވަނަ އަހަރު ނިއު ޒީލެންޑުން ޓެސްޓް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ، 2023 ވަނަ އަހަރު، އޮސްޓްރޭލިއާ އެވެ.
މިދިޔަ އަހަރު ދެކުނު އެފްރިކާ ވަނީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ފައިނަލުގައި އިންޑިއާ އަތުން ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ