ޓޫރިޒަމް ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަން ޖެހޭ- ފިނޭންސް މިނިސްޓަރު މިހާރު އެންމެ ގިނައިން އަންނަނީ ޗައިނާ ފަތުރުވެރިން މެނިންގޯކޮކަލް ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ، ބަލި ޖެހިފައިވާ އިތުރު މީހަކު ނެތް އެންމެ ފުރަތަމަ އަހަރެން ހީކުރީ އަހަރެނ

“އޮޕަރޭޝަން އޮނެސްޓް ޕްރޮމިސް 3” ގެ ނަމުގައި އީރާނުން ޔަހޫދީންނާއި ދެކޮޅަށް ރައްދުގައި އާ ހަމަލާތަކެއް އިޒްރޭލަށް ދީފިއެވެ.
އިރާނުން މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މިސައިލް އިޒްރޭލަށް އަމާޒުކޮށް ފޮނުވަން ފެށީ ޖީއެމްޓީ ގަޑިން ރޭ 11:40 ގައި އެހާއިރު ކަމަށް އިރާނުގެ ގައުމީ ޓީވީން ބުނެއެވެ. އެއީ އީރާން ގަޑިން ފަތިހު 3:10 ހާއިރު އެވެ.
އީރާންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާނުން ވާނީ އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓްތަކަށް ތެޔޮ އަޅާ ސައިޓްތަކަށް ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި އިޒްރޭލުގެ މުހިންމު ސިޓީތަކުގެ ބޮޑެތި ބައެއް އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އިރާނުން ޔަހޫދީންނަށް ދޭ ހަމަލާ ވަރުގަދަކޮށްފައިވަނީ ޖޫން 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމާއި ގުޅިގެންނެވެ. ޔަހޫދީންގެ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުލްލިޔަަރ މަރުކަޒުތަކުގެ އިތުރުން ބެލިސްޓިކް މިސައިލް އުފައްދާ ކާރުޚާނާތަކާއި އަސްކަރީ އިސްވެރިންނަށެވެ. އެ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި ޚަތަމުލް އަންބިއާ ސެންޓްރަލް ހެޑްކުއާޓާސްގެ ކޮމާންޑަރު ޣުލާމް އަލީ ރަޝީދާއި، އިންޤިލާބީ ފައުޖުގެ އެއޮރޮސްޕޭސް ފައުޖުގެ ކޮމާންޑަރު އާމިރު ޢަލީ ހާޖިޒާދާއާއި އީރާނުގެ ހަ ނިއުކްލިޔަރ ސައިންޓިސްޓުން ވަނީ ޝަހީދު ކޮށްލައިފައެވެ. އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ވެސް ޙަމަލާ ދީފައިވާއިރު ޔަހޫދީންގެ ޙަމަލާތަކުގައި މިހާތަނަށް ޖުމްލަ 80 މީހުން ޝަހީދުވެ 100އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚާމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 20 ކުޑަކުދިން ވެސް ހިމެނެއެވެ.
އީރާނުން ވަނީ މި ޙަމަލާގެ ބަދަލު ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ،ފައެވެ.
އެގޮތުން ފަސް ބުރެއްގެ މަތިން، ޔަހޫދީ ދައުލަތުގެ ހުރިހާ ސަރަޙައްދުތަކަށް އަމާޒު ކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ހަމަ އިރާނުން ދިނެވެ. އެ ޙަމަލާތަަކުގައި ޔަހޫދީންގެ ހަތަރު މީހުން މަރުވެ 100އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެެއެވެ. އަދި އިމާރާތްތަކާއި އަސްކަރީ މަރުކަޒުތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ދިން މިސައިލް އަދި ޑްރޯން ޙަމަލާތަކުގައި ޔަހޫދީންގެ ތެޔޮ ކާރުޚާނާތަކާއި ކަރަންޓު ވިއުގަތަކަށް ބޮޑެތި ގެއްލުންތައް ދީފައިވެއެވެ. އީރާނުގެ ޙަމަލާތައް ފެންނަ ބައެއް ވީޑިޔޯތަކުން ހައިފާގެ ތެޔޮ ކާރުޚާނާއެއްގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ މަންޒަރު ފެނެއެވެ.
އީރާނުން އެންމެ ފަހުން ދީފައިވާ މި ޙަމަލާތަކަކީ އެ ޤައުމުން ޔަހޫދީންނާ ދެކޮޅަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާކަމަށް ބެލެވެއެވެ. އެ ޙަމަލާތައް ފެށުމުގެ ކުރިން އީރާނުން ވަނީ ޔަހޫދީ ވައިގެ އަަސްކަރިއްޔާގެ ޕައިލެޓުންނަށް އިންޒާރުދީ، ފުރާނަ ސަލާމަތް ކުރަން ބޭނުންވާ ނަމަ އަމާން ދިނުމަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ