ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ ދާއިރާ ހަރުދަނާކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ބާސެލޯ ނަސަންދުރައިގައި ރޭ ބޭއްވި ހޮސްޕިޓާލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖޭގެ އިގުތިސާދުގެ ބިންގަލުގެ ގޮތުގައި ޓޫރިޒަމް ސިނާއަތް ދެމި އޮތީ، އެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަލުންގެ ބުރަ މަސައްކަތުންކަން ފާހަގަ ކުރައްވާފައެވެ.
ހޮޓެލިއާ މޯލްޑިވްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ކުރިއަރާފައިވާ ބީ 2 ބީ ބްރޭންޑެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާގައި ލިބެން ހުންނަ މި ބްރޭންޑުން އެކިއެކި ހަރަކާތްތައް ބާއްވައެވެ. އޭގެ ތެރޭގައި ކޮންމެ އަހަރަކު ބާއްވާ ޖީއެމް ފޯރަމް އަދި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ހިމެނެއެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ބާސެލޯނާގައި ކުރިއަށް ގެންދިޔަ އެވޯޑު ފަންކްޝަންގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެކިދާއިރާތަކުން ވަނީ އެވޯޑު ދީފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ ބިންގަލުގެ ގޮތުގައި ޓޫރިޒަމް ސިނާއަތް ދެމި އޮތީ، އެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަލުންގެ ބުރަ މަސައްކަތުންކަމަށާއި މިރެއަކީ އެ މަސައްކަތްތެރިންގެ އަގުވަޒަންކުރުމުގެ ރެއެއްކަމަށެވެ.
“ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑެއްގެ ގޮތުގައ ރާއްޖެ ފާހަގަވެފައި އޮތީ އެ ފަރާތްތަކުން މި ކަމަށް ބަހައްޓާ ޝައުގުވެރިކަމާއި، ހުނަރާއި މަސައްކަތުގެ އަޚުލާގުގެ ސަބަބުން. ފަތުރުވެރިން ރާއްޖެ ޚިޔާރު ކުރަނީ އެ ފަރާތްތަކުން ދޭ ޚިދުމަތުގެ ސަބަބުން” ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޑިޒައިންތަކާއި އިންފްރާސްޓްރަކްޗަރު މުހިންމު ނަމަވެސް، ފަތުރުވެރިންގެ ހަގީގީ ތަޖުރިބާ ބިނާވަނީ ހުނަރާއި، ސަގާފަތާއި ލީޑަޝިޕުގެ މައްޗަށެވެ. އެ ގޮތުން ސަރުކާރުން މަސައްކަތް ކުރަނީ އަމިއްލަ ވިޔަފާރިތަކަށް ކުރިއެރޭނެ، އަދި ގިނަ ފުރުސަތުތައް ލިބޭނެފަދަ ފަހި މާހައުލެއް ގެނެސްދޭން ކަމަށާއި، އެ ކަމަށްޓަކައި ވިޔަފާރިވެރިންގެ އިންވެސްޓްމަންޓު މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަގުބޫލު ލިޔުންތައް އެންމެ ފުރަތަމަ އަހަރެން ހީކުރީ އަހަރެންވެސް މި މަރުވަނީކަމަށް: ފްލައިޓުން ސަލާމަތްވި ހަމައެކަނި މީހާ ހަނީމޫނަށް ކާޖަލް ރާއްޖެއަށް ކުރި ދަތުރުން ބޮޑު ސަޕްރައިޒެއް! މި އަހަރުގެ އީދު ކުޅިވަރުތަކުން އެންމެ ފާހަގަކުރެވުނީ އައްޑޫކުދިންގެ ރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ