އަޟްހާ އީދު ފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ އަޟްހާ އީދު ފާހަަގަކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހުޅުވާލައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ގައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެގޮތުގެ އުސޫލެއް ކަނޑައަޅާފައިވާއިރު މި އުސޫލުގައިވާ ގޮތުން އެ މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތިން އެރަށެއްގެ ކައުންސިލަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އީދު ފާހަގަކުރާ ރަށްރަށުގެ ކައުންސިލްތަކަށް ފޯރުކޮށްދޭ ފައިސ،ާ އެ އަހަރެއްގެ އަޟްހަ އީދުގެ ހަރަކާތްތަކާއި އިޖްތިމާއީ އަދި އުމްރާނީ ތަރައްހގީއަށް ފިޔަވައ،ި އިތުރު ކަމަކަށް ހަރަދެއްކޮށްގެން ނުވާނެކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށް އެކަނި ހުޅުވާލާފައިވާއިރު އަމިއްލަ ފަރުދުންނާއ،ި ރަށުގެ ކްލަބް އަދި ޖަމްއިއްޔާތަކުން އީދުގެ ޕްރޮޕޯސަލް ހުށަހަޅާނަމަ ހުށަހަޅަންވާނީ އެ ކްލަބެއް ނުވަތަ ޖަމްއިއްޔާއެއް ނިސްބަތްވާ ރަށެއްގެ ކައުންސިލު މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރުގެ އަޟްހާ ރައްޖޭގެ ތިން ރަށެއްގައި ފާހަގަކުރުމަށް ނިންމާފައިވާއިރު މޭ 1، 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ