ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 މިއަދު ފަށައިފި
ނ.ކެނދިކުޅުދޫ ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް މިއަދު ހަވީރު ފަށައިފިއެވެ. ހަވީރު ކުޅުނު މެޗު ޝަރަފުވެރިކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ރިޔާޒްއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައި ވަނީ ގްރޫޕް އޭ ގެ ދެ ޓީމް ކަމަށްވާ އަދި ވެލިދޫ އެސްސީއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނު އިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ދެވަނަ ހާފް ފެށިގެން 47ވަނަ މިނެޓްގައި ނައިފަރު ޗެލްސީ އެސްސީން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑް ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމް ގެ ޖާޒީ ނަންބަރު 30 ޕްރިންސް ބޯޑޫއެވެ. ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ފުރަތަމަ މެޗުގެ ތެރެއިން: މި މެޗު ކާމިޔާބުކޮށްފައި ވަނީ ނައިފަރު ޗެލްސީ އެސްސީ -- ފޮޓޯ/ މުހައްމަދު އަފްވާން މި ލަނޑާއެކު ފެނުނީ ފުރަތަމަ ހާފަށްވުރެ ބޮޑަށް ނައިފަރު ޗެލްސީ އެސްސީން މި މެޗް ޑޮމިނެންޓްކޮށްގެން ކުޅެމުން ގެންދިޔަ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 60ވަނަ މިނެޓްގައި ނައިފަރު ޗެލްސީ އެސްސީން އިތުރު ގޯލެއްޖަހައި ލީޑް ފުޅާ ކުރިއެވެ. މި ގޯލް ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމް ގެ ޖާޒީ ނަންބަރު 30 ޕްރިންސްއެވެ. މި ނަތީޖާއާއެކު ނައިފަރު ޗެލްސީ އެސްސީން ވަރަށް ބޮޑަށް މުޅި މެޗް ޑޮމިނެންޓްކޮށް، ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެގޮތުން ނައިފަރު ޗެލްސީ އެސްސީ އިން މެޗްގެ 70ވަނަ މިނެޓްގައި އިތުރު ގޯލެއްޖަހައި ނަތީޖާ 3-0އަށް ބަދަލުކޮށްލިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން ނިކުތް ޖާޒީ ނަންބަރު 10 މުޙައްމަދު ނަދީމްއެވެ. މެޗު ނިމުނީ ވެލިދޫ އެފްސީއަށް ލަނޑެއް ނުޖެހި 3-0ގެ ނަތީޖާއަކުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިފަރު ޗެލްސީ އެސްސީގެ ޖާޒީ ނަންބަރު 30 ޕްރިންސް ބޯޑޫއެވެ. ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ފުރަތަމަ މެޗުގެ ތެރެއިން: މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ނައިފަރު ޗެލްސީ އެސްސީގެ ޖާޒީ ނަންބަރު 30 ޕްރިންސް ބޯޑޫއަށް ޓްރޮފީ ހަވާލުކުރަނީ -- ފޮޓޯ/ މުހައްމަދު އަފްވާން މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު ފެށުމުގެ ރަސްމިޔާތުގެ ޝަރަފުވެރި ކޮށްދެއްވާނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްއެވެ. އަދި މިރޭގެ މެޗްގައި ވާދަކުރާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ދެ ޓީމު ކަމުގައިވާ ކޮމެޓްސް އެސްސީ އަދި ވިންޑް ވޯރިއޯސް އެސްސީއެވެ. ވިންޑް ވޯރިއޯސް އެސްސީ އަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ. އެސްއެސް މީޑިއާ އަކީ މި މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރެވެ. އެހެންކަމުން މި މުބާރާތުގެ ހުރިހާ މެޗްތަކެއް ވެސް އެސްއެސްޓީވީން ލައިވްކުރަމުން ގެންދާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ