އަންނަ އެޕްރިލް 3، ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅައި، ފިތުރު އީދު ބަންދު ސަރުކާރުން ދިގުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ކަލަންޑަރުގައިވާ ގޮތަށް މާޗު 31، އަކީ އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިނަމަ، ފިތުރު އީދު ބަންދު ތިން ދުވަސް ކަމަށްވާ މާޗު 31، އެޕްރިލް 1، އަދި އެޕްރިލް 3، ވެސް ބަންދު ދުވަހެއް ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މާޗު 29، ގައި ޝައްވާލު މަހުގެ ހަނދު ސާބިތުވެ، މާޗު 30، އަކީ އީދު ދުވަސް ކަމަށް ކަނޑައެޅި ނަމަވެސް، އެޕްރިލް 3، ގައި ސަރުކާރު ބަންދުވާނެ ކަމަށް ވެސް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
"މިގޮތަށް މި ހަމަޖެއްސެވީ، ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ މި ނިންމުމާ އެކު ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވުމަށްފަހު، ފިތުރު އީދު ބަންދު ވެސް ނިންމުމަށްފަހު ސަރުކާރު ދެން ހުޅުވާނީ އެޕްރިލް 6، ވާ އާދީއްތަ ދުވަހު އެވެ. .
އެޕްރިލް 3، ވެސް ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅައި އީދު ބަންދު ދަންމާލައިފި އެޕްރިލް 3، ވެސް ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅައި އީދު ބަންދު ދަންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ