މަންދީ އާއި ފައްޔާޒް ގޮވައިގެން ރައީސްގެ އާއިލާއިން ކޯޓަށް

އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލައިގައި ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.މިއަދު ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރުވަނީ، ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވައިފައެވެ.އެމްޑީޕީގެ އެއްވުމުގައި މަންދީ ވިދާޅުވީ ރާއްޖޭގައި ވޭޕް ބޭނުންކުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރައްވާކަން ހާމަވި ހިސާބުން ކަމަށެވެ.މަންދީގެ މިވާހަކަތަކަށްފަހު އުމައިރުގެ ފޮޓޯ އާންމުކޮށް އެތައް ބަޔަކު ވަނީ ސޯޝަލްމީޑިއާގައި ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް ދައްކާފަ އެވެ. އަދި އެ ވާހަކަތަކުގެ ދިފާއުގައި ރައީސްއަށް ތާއީދުކުރާ މީހުންނަށް ސަރުކާރުގެ އިސްވެރިންވެސް ސޯޝަލްމީޑިއާގައި އެތައް ވާހަކަތަކެއް ދައްކާފަ އެވެ. ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ވާހަކަ ދައްކާފައި ވާއިރު ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓްކުރައްވާފައި ވާތީ ކަމަށާއި ޕާޓީ އަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އާޒިމާ ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި އަދި ނިންމާފައިވަނީ މި ކަމުގައި ހިމެނޭ މަދަނީ މައްސަލަތަކައިގެން ކުރިއަށް ގެންދިއުމަށެވެ. ޖިނާއީ ދައުވާކުރުމާއި އެ މައްސަލަތައް ބެލުމުގެ ތެރެއަށް އާއިލާއިން ނުވަންނާނެ ކަމުގައި އާޒިމާ ވިދާޅުވި އެވެ.އާޒިމާ ވިދާޅުވީ، މައްސަލަ އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށާއި އިތުރު ބަޔަކަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ