ރާއްޖޭގެ 32 ރަށެށްގައި ވެމްކޯގެ ހިދުމަތް ތައާރަފް ކުރުމަށް އެ ކުންފުންޏާ އެކު އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެއްބަސްވުމުގައި ސޮއިކުރިކަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ ހާމަކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އިބްރާހިމް ތޯރިގް ސޮއިކުރެއްވިއިރު، ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލެވެ.
ބުނީ ކީކޭ؟ - މިނިސްޓްރީގެ ޕޯސްޓުގައިވާ ގޮތުން، މި އެއްބަސްވުމުގެ ދަށުން 32 ރަށެށްގައި ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ތައާރަފުކުރާނެ އެވެ. އެއީ ކޮންމެ ރަށެއްގައި ކުނި މެނޭޖްކުރުމުގެ އެކަށީގެންވާ ވަސީލަތްތައް ގާއިމްކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރަން އެޅޭ ބާރެއް ކަމަށް ވެސް ފާހަގަކުރި އެވެ.
ވެމްކޯއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިދުމަތް ފަށާ ރަށްތަކާއި އެކަމަށް ހިނގާނެ ހަރަދުގެ ތަފްސީލެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
32 ރަށެއްގައި ވެމްކޯގެ ހިދުމަތް ފަށަން ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ