ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މިރޭ މާލޭގައި ކުރިއަށް!

މިރޭ ސިފައިންނާއި ފުލުހުން ގުޅިގެން ފެށި ގައުމީ ސަލާމަތާ ބެހޭ ހާއްސަ އޮޕަރޭޝަންގައި ހެންވޭރުކޮޅު ގެޔަކަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ.ފުލުހުން "ފޭސްބުކް"ގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ފުލުހުންނާއި ސިފައިންނާއި ގުޅިގެން މާލެ ސަރަހައްދުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.މިއީ ގައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.މި އޮޕަރޭޝަނާ ބެހޭ އެއްވެސް ތަފްސީލެއް ނުދީ ބުނެފައިވަނީ "މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނު ވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ." ސަލާމަތީ ބާރުތަކުން ބަލައި ފާސް ކުރަމުންދާ އެއް ތަނަކީ ޝަބްނަމް މަގުގައި ހުންނަ ގެއެކެވެ. އޭގެ އިތުރުން ޖުމްހޫރީ މައިދާން ކައިރިން ދަތުރު ކުރި ދެ ލޮރީއެއް ވަނީ ހުއްޓުވައި ފާސްކޮށްފަ އެވެ.މިރޭގެ އޮޕަރޭޝަނުގެ ތެރެެއިން އެކަކަށް ވުރެ ގިނަ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުން ނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ