ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލު ހިމެނޭހެން ނުވަ ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އައު އިމާރާތް އަޅަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ޖުމްލަ 628 މިލިއަން ރުފިޔާ ހަރަދުކުރާ މި މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީ، އާރުޑީސީ، އަދި ފެނަކަ އާ އެވެ. އާރުޑީސީ އަކީ ސަރުކާރުގެ މަގު ހަދާ ކުންފުންޏެވެ. ފެނަކައިން ދެނީ ފެނާއި ކަރަންޓުގެ ހިދުމަތެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ތިން ސްޓޭޓް މިނިސްޓަރެކެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނުވަ ރަށް ނިސްބަތްވާ ދާއިރާގެ މަޖިލިސް މެންބަރުންނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ ސަރުކާރުގެ ވައުދާ އެއްގޮތަށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ރަށްތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކުރާނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވި އެވެ.
އާރުޑީސީ އަދި ފެނަކައަށް ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ހަވާލުކޮށްފައި މިވަނީ މިދިޔަ ސަރުކާރުން އެ ކުންފުނިތަކަށް އެފަދަ މަޝްރޫއުތައް ދިން ގޮތާމެދު މި ސަރުކާރުގެ ވެރިން ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔުމަށްފަހު އެވެ.
ނުވަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ފެނަކަ، އާރުޑީސީ އަދި އެމްޓީސީސީއަށް ނުވަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ފެނަކަ، އާރުޑީސީ އަދި އެމްޓީސީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ