ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން އެ ކުންފުނީގެ ފަރާތުން މި އަހަރު ހައްޖާއި އުމްރާގެ އަޅުކަމަށް ފޮނުވާނެ މުވައްޒަފުން ހޮވައިފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯ އިން ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފަ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންގެ މެދުގައި ގުރުއަތު ނަގާފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތަފްސީލް - ސްޓެލްކޯ އިން ބުނީ އަންހެން އަދި ފިރިހެން މުވައްޒަފުންނަށް ވަކިން ހުޅުވާލި ފުރުސަތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް 102 މުވައްޒަފުން ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން 84 މުވައްޒަފެއް ޝަތުރު ހަމަވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް 218 މުވައްޒަފުން ހުށަހެޅިއިރު ޝަރުތުހަމަވެފައި ވަނީ 215 މުވައްޒަފުންނެވެ. އެގޮތުން:
2023 ވަނަ އަހަރާ ހަަމައަށް ހައްޖު އަދި އުމްރާގެ ފުރުސަތު ސްޓެލްކޯ އިން ދެމުން ދިޔައީ ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި ފިރިހެން މުވައްޒަފަކަށް
ކުންފުނީގެ ޕޮލިސީއަށް ބަދަލު ގެނެސް މިދިޔަ އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފަކު ހޮވުމަށް ނިންމާފައި
ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވުނު މުވައްޒަފުން:
އަހުމަދު ވަހީދު: ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
ހަސަން ޒަރީރު: ކ. ކާށިދޫ އިންޖީނުގެ
އާމިނަތު ޖަލީލާ: ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވުނު މުވައްޒަފުން:
ބުންޔާމީން މުހައްމަދު ނަސީރު: ގއ. ވިލިނގިލި އިންޖީނުގެ
އަހުމަދު މުސްތަފާ: ގއ. ވިލިނގިލީ އިންޖީނުގެ
ޝިފްރާ އިލްހާމް: ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓް
އެނގުން މުހިންމު - ސްޓެލްކޯ އިން ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެ ކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.
އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ 5 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން އެ ކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.
ސްޓެލްކޯއިން ހައްޖަށާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ