"ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި، އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން މި ކޮމިޝަނުން ކުށްވެރިކުރަން،" އީސީގެ ބަޔާނުގައިވެ އެވެ،
އެމްޑީޕީން މާލޭގެ މަގުތަކުގައި ކޮންމެ ރެއަކު ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާއެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތައް އިލެކްޝަން ކޮމިޝަން (އީސީ) އިން ކުށްވެރިކޮށްފި އެވެ.
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާއެއްގައި ވާހަކަ ދެއްކީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އެވެ. އޭނާ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރުމާއި ރައީސްގެ ދަރިކަލަކާއި ގުޅުވައި ވާހަކަ ދައްކާފަ އެވެ.މިކަން ކުށްވެރިކޮށް އީސީން ރޭ ނެރުނު ބަޔާނެއްގައި، ސިޔާސީ ހަރަކާތްތައް ހިންގަން ވާނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ޕާޓީތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް މަގުފަހިކޮށްދީފައިވާ ހުދޫދުގެ ތެރެއިންކަން ހަނދާންކޮށްދީފަ އެވެ.އެ ބަޔާނުގައި ބުނީ، އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތައް ގެންދަންވާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ."ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި، އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން މި ކޮމިޝަނުން ކުށްވެރިކުރަން،" އީސީގެ ބަޔާނުގައިވެ އެވެ،
ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުދެއްދުމާއި ޒާތީ ދިރިއުޅުމަށް ފާޑުނުކިޔައި އަދި ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް ވެސް އީސީން އިލްތިމާސްކޮށްފައިވެ އެވެ."ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް މި ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔަން،"އީސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ވަނީ އެ ވާހަކަތައް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް މަންދީ ދެއްކި ވާހަކައިގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވަރަށް ގިނަ އާންމުންނާއި ސަރުކާރުގެ ވެރިންނާއި އަދި މަޖިލީސް މެންބަރުން ވެސް ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީ އެކްޓިވިސްޓަކު ދެއްކި ވާހަކަ ކުށްވަރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ