ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް އެ ޓީމުން ބުނެފި އެވެ.
ކްލަބް ވޯލްޑް ކަޕުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި އަލް ހިލާލް އަތުން 1-1 ގެ ނަތީޖާ އަކުން އެއްވަރުވިއިރު، މި މެޗުގައި އެމްބާޕޭ ކުޅެފައި ނުވެ އެވެ. އޭރު ރިޕޯޓްތައް ބުނި ގޮތުން އެމްބާޕޭ މި މެޗު ކުޅެފައިނުވަނީ ހުން އައުމުގެ ސަބަބުންނެވެ.
އެކަމަކު ރެއާލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެމްބާޕޭ އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި، އޭނާ އަށް "ގޭސްޓްރިކް"ގެ އުނދަގޫވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޓެސްޓްތަކެއް ހަދަން ޖެހިފައިވާ ކަމަށް ރެއާލުން ބުންޏެވެ.
ކްލަބް ވޯލްޑް ކަޕުގައި ރެއާލުން ދެވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ޕަޗޫކާއާ ދެކޮޅަށެވެ.
އެމްބާޕޭގެ މިހާރުގެ ހާލަތު ހުރި ގޮތުން އެ މެޗުގައި ވެސް ނުކުޅެވޭނެ ކަމަށް ބެލެވެ އެވެ. އެކަމަކު ރެއާލުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާރްބީ ސަލްޒްބާގްއާ ދެކޮޅަށް ކުޅޭ މެޗަށް އެމްބާޕޭ ފިޓްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމްބާޕޭ ވަނީ މި ސީޒަނުގައި ރެއާލަށް ކުޅެދިން 56 މެޗުގައި 43 ގޯލު ޖަހައިދީފަ އެވެ.
ރެއާލްގެ ތަރި އެމްބާޕޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި ރެއާލްގެ ތަރި އެމްބާޕޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ