ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މ. އަތޮޅުގެ ހަތް ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ބަހައްޓައި އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ ބީއެމްއެލް އިން މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ހިންގާ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މ. އަތޮޅުގައި ދޭން ފެށި ހިދުމަތެކެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އާންމުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެއާ އެކު، ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ބީއެމްއެލް އިން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައި ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފަސޭހައިން އަސާސީ ބޭންކިން ހިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގްލޯބަލް ކާޑު ނެޓްވޯކް އަދި ޕޭމަންޓް ހައްލުތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ފަސޭހަ އަދި ރައްކާތެރި ބޭންކިން އަދި ޕޭމަންޓް ހިދުމަތް ފޯރުކޮށްދީ، ކަސްޓަމަރުން ހިދުމަތް ހޯދުމުގައި އިތުރުވަމުންދާ އެކި ބޭނުންތައް ފުއްދުމަށް އީޖާދީ ގޮތްތަކެއް ހޯދަމުން ދާނަން."
މީގެ އިތުރުން، ޝަރީފް ފާހަގަކުރެއްވި ގޮތުގައި، އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް:
މިއަހަރު 1 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ހިންގާފައިވޭ
އޭޓީއެމް މެދުވެރިކޮށް ބޭންކަށް 1.45 ބިލިއަން ރުފިޔާ ޖަމާކޮށްފައިވޭ
"މި އަދަދުތަކުން މިއީ ކަސްޓަމަރުންނަށް ކިހާ މުހިންމު ހިދުމަތެއްކަން ހާމަވޭ،" އޭނާ ވިދާޅުވި އެވެ.
20 އަތޮޅުގައި 39 ބްރާންޗު
121 ސެލްފް ސާވިސް ބޭންކިން ސެންޓަރު
179 އޭޓީއެމް
އޭޖެންޓު ބޭންކިން
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
ބީއެމްއެލްގެ އޭޓީއެމް މ. އަތޮޅުގެ ހުރިހާ ރަށަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ