މި ފަހުން ބޭންކެއް އުފައްދަން ހުއްދަ ދިން ދެ ކުންފުނީގެ ތެރެއިން ބީއައިސީ ބޭންކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުން ކުރިން ހުއްދަ ނުދޭން ނިންމި ބަޔެއް ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.
ބީއައިސީއަށް ދޫކުރި ހުއްދައާ ގުޅޭ ގޮތުން މި ނޫހަށް މައުލޫމާތު ދިން ސިއްރު މަސްދަރަކުން ބުނީ، ކުރިން ހުށަހެޅި ޕްރޮޕޯޒަލް އެމްއެމްއޭއިން ރިޖެކްޓު ކުރީ ޑިއު ޑިލިޖެންސް މަރުހަލާއިން ފެއިލުވުމުން ކަމަށެވެ.
މިއީ މަކާރާއިހީލަތް ހެދުމާއި މަނީ ލޯންޑަރިން ފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން، ބޭންކު ހިންގާ މީހުންގެ ގާބިލުކަމާއި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރާ މަރުހަލާ އެވެ. މައުލޫމާތު ދިން މީހާ ބުނި ގޮތުގައި މި މަރުހަލާއިން އެ ފަހަރު ފެއިލުވީ، އެ ބޭންކާ ގުޅޭ ބައެއް މައުލޫމާތު ކަށަވަރުކުރެވޭނެ ވަރުގެ ލިޔެކިޔުންތް ނެތުމުންނެވެ.
ބީއައިސީ ބޭންކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ އެމްއެމްއޭއިން ދޫކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މިއީ ބޭންކެއް ހުޅުވުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން އެމްއެމްއޭއިން ދޫކުރާ ހުއްދައެކެވެ.
ބީއައިސީ ބޭންކާ ގުޅޭ ގޮތުން މި ނޫހުން އެއްކުރި މައުލޫމާތުން ފެންނަ ގޮތުގައި، މި ބޭންކަކީ ކެމްބޯޑިއާގައި 2017 ގައި އުފެއްދި ބޭންކެކެވެ. މި ބޭންކަށް ކެމްބޯޑިއާގެ މަރުކަޒީ ބޭންކު، ނޭޝަނަލް ބޭންކް އޮފް ކެމްބޯޑިއާ ހުއްދަ ލިބުނީ ޖުލައި 18، 2018 ގަ އެވެ.
ބީއައިސީ ބޭންކަކީ ދެކުނު އިރުމަތީ އޭޝިއާގެ ކެމްބޯޑިއާ އާއި ތައިލެންޑުގައި ވިޔަފާރިތައް ހިންގާ ބީއައިސީ ގްރޫޕުގެ ވިޔަފާރިއެކެވެ. މައިގަނޑު ވިޔަފާރިތައް އޮންނަނީ ކެމްބޯޑިއާގަ އެވެ. ބީއައިސީ ގްރޫޕުން މައިގަނޑު ގޮތެއްގައި ހަރަކާތްތެރި ވަނީ މާލީ ހިދުމަތްތަކުގެ ވިޔަފާރީގަ އެވެ.
މި ބޭންކުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވަނީ ކޮން ބަޔެއް ކަމެއް އަދި ނޭނގެ އެވެ. މި ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ކުންފުންޏެއް ބިޒްނަސް ޕޯޓަލުން ފެންނާކަަށް ނެތެވެ. ނަމަވެސް މި ހުއްދައާ ހަވާލުވީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ އަންހެން ދަރި، ނޫރެއިން ޖަނާހު ކަމުން، މިއީ ޖަނާހުއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށް ބެލެވެ އެވެ.
ރަޖިސްޓްރީ ނުކުރާ ކުންފުންޏަކަށް ހުއްދަ ދިން ސަބަބާ ގުޅޭ ގޮތުން އެމްއެމްއޭގައި ސުވާލުކުރުމުން، އެ އޮތޯރިޓީން ބުނީ ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ބޭންކިން ރަޖިސްޓްރީ ކުރެވޭނީ އެމްއެމްއޭގެ ހުއްދަ ލިބިގެން ކަަމަށެވެ. މިހެންކަމުން ބޭންކު އުފައްދަން ހުށަހެޅޭނީ އެމްއެމްއޭގެ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ލިބިގެން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބޭންކު ހަދަން ހުއްދަ ދިން ބީއައިސީއަކީ އެމްއެމްއޭގެ ބޯޑުން ހުއްދަ ނުދޭން ނިންމި ބޭންކެއް ބޭންކު ހަދަން ހުއްދަ ދިން ބީއައިސީއަކީ އެމްއެމްއޭގެ ބޯޑުން ހުއްދަ ނުދޭން ނިންމި ބޭންކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ