6 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ؛ %5ގެ ކުރިއެރުމެއް

މި އަހަރުގެ މިހާތަނަށް 667،730 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި މިއީ %5.8ގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ 5 ދުވަހު:
35،312 ފަތުރުވެރިން އައިސްފައިވޭ
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %31.5 އިތުރު އަދަދެއް
ތަފްސީލް - ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 7،000އެއްހާ ފަތުރުވެރިން އާދެ އެވެ.
އެންމެ ގިނަ ފަތުރުވެރިން އައި މާކެޓުތައް:
ޗައިނާ: 76،674 ފަތުރުވެރިން؛ ޖުމްލަ ފަތުރުވެރިންގެ %11.5
އިނގިރޭސިވިލާތް: 70،561 ފަތުރުވެރިން؛ ޖުމްލަ ފަތުރުވެރިންގެ %10.6
ރަޝިއާ: 70،538 ފަތުރުވެރިން؛ ޖުމްލަ ފަތުރުވެރިންގެ %10.6
އިޓަލީ: 59،978 ފަތުރުވެރިން؛ ޖުމްލަ ފަތުރުވެރިންގެ %9
ޖަރުމަނު: 47،470 ފަތުރުވެރިން؛ ޖުމްލަ ފަތުރުވެރިންގެ %7
ރާއްޖެއަށް ދެން އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާގެ އިތުރުން ފްރާންސް، އެމެރިކާ، ސްވިޒަލެންޑު އަދި ޕޮލެންޑުންނެވެ.
މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން:
69% މީހުން ޗުއްޓީ ހޭދަކުރަން ގޮސްފައިވަނީ ރިސޯޓުތަކަށް
25% މީހުން ޗުއްޓީ ހޭދަކުރަން ގޮސްފައިވަނީ ގެސްޓުހައުސްތަކަށް
ފާހަގަކޮށްލެވޭ - މިއަހަރު ސަރުކާރުން ކަނޑައަޅާފައި ވަނީ 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ