ހުކުރު ދުވަހުގެ ހަމަނުޖެހުން: އެމްބިއުލާންސަށް ލައިގެން ގެންދިޔައީ ފުލުހެއް ނޫން. 18 އަހަރު ނުވާ ކުއްޖެއް

ހުކުރު ދުވަހު ފުލުހަކަށް ހަމަލާ ދިންކަމުގެ ވާހަކައަކީ މިހާރު މީސް މީޑިއާގައި ވަރަށް ގަދަޔަށް ދެކެވެމުން އަންނަ ވާހަކައެވެ. މިކަމުގެ އިތުރު ތަފްސީލު ހޯދުމަށް “މަލަރެސް” އިން ކުރި މަސައްކަތުން މަންޒަރު ދުށް މީހެއްގެ ބަހެއް ވަނީ ހޯދިފައެވެ.
މަންޒަރު ދުށް މީހާ ކިޔައިދިން ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު 11 ޖެހި ހާއިރުގައި ފުލުހަކާއި އާންމުންގެ މީހަކާއި ދެމެދު ދެބަސްވެ ޒުވާބު ކުރަމުން ދިޔަ މަންޒަރު އޭނާ ވަނީ ދެކެފައެވެ. މިކަން ހިނގާފައިވަނީ ޖަނަވަރީ މަގުން ގޮސް ވަދެވޭ ގޯޅި ގަނޑެއްގައި ކަމުގައި އެމީހާ މައުލޫމާތު ދިނެވެ. އޭގެ އިރުކޮޅެއް ފަހުން އިތުރު 3 ފުލުހުން ގޮވައިގެން އެ ފުލުހުސް މީހާ އަލުން އެގޯޅި ގަނޑަށް ވަތް ކަމުގައި އޭނާ މައުލޫމާތު ދިނެވެ. އެމީހާ ބުނިގޮތުގައި އިތުރު ފުލުހުންތަކަކާއި އެ ގޯޅިއަށް އަނބުރާ އައި އިރުގައި އެ ފުލުސްމީހާ އާއިޒުވާބުކޮށް ދެބަސްވި މީހާ އެތަނުގައި ނެތުމުން އެތާ ކައިރީގައި ހުރި އެހެން މީހެއްގެ ކައިރީގައި އެމީހާގެ މައުލޫމާތު ދިނުމަށް ފުލުހުން އެދުނު ކަމަށެވެ. އަދި ޒުވާބު ކުރި މީހާ ދިޔައީ ކޮންތަނަކަށްތޯ ބެލުމަށްވެސް  މަސައްކަތް ކުރި ކަމުގައި މަންޒަރު ދުށް މީހާ ބުންޏެވެ.
ފުލުހުން ކުރި ސުވާލުތަކަށް އެދެވޭ ޖަވާބެއް ނުލިބުމުން ގަދަ ބާރު ބޭނުންކޮށްގެން މައުލޫމާތު ހޯދަން މަސައްކަތް ކުރި ކަމުގައި މަންޒަރުދުށް މީހާ ކިޔައިދިނެވެ.
ފުލުހުންގެ ވެހިކަލަކުން އެމީހުން ގައިގައި ޖެއްސި ކަމުގެ ތުހުމަތު!
ޖަނަވަރީ މަގު ކައިރީގައި ހުންނަ ގޯޅި ގަނޑުން ނިކުމެގެން ސައިކަލުގައި އެ މީހުން ނިކުމެގެން އައުމުން އެމީހުން ހިފެހެއްޓުމަށް އެމީހުން ހިފެހެއްޓުމަށް ފުލުހުންގެ ވެހިކަލެއް އައިކަމުގައި މަންޒަރުދުށް އިތުރު  މީހަކު “މަލަރެސް”އަށް ކިޔާ ދިނެވެ. އޭނާ ކިޔައިދިން ގޮތުގައި ފުލުހުންގެ ވެހިކަލް އެ ސައިކަލު ފަހަތުން ގޮސް ސައިލުގައި ދިޔަ މީހުން ހުއްޓަން މަސައްކަތް ކުރިއެވެ. އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުންގެ ވެހިކަލުން ގޮސް ސައިލުގައި ޖެހޖުނުތަށް ދުށް ކަމުގައި އޭނާ ބުންޏެވެ. އަދި ގަސްތުގައި ޖެއްސިކަމުގައި ބުނަން ބޭނުން ނުވި ނަމަވެސް ބޮޑަށް ބެލެވެނީ ގަސްތުގައި ޖެއްސި ކަމަށް ކަމުގައި އޭނާ ކިޔައިދެމުން ބުންޏެވެ.
” އެ މީހުން ހުއްޓުވަން ފުލުހުން ދުއްވީ. ގޮސް ޖެއްސީ އެ ސައިކަލުގަ. ބޮޑަށް ހީވަނީ އެހެން. އެކަމަކު ޔަގީނެއް ނޫން ޖެއްސީ ކަމެއް ނޫނީ ޖެހުނީ ކަމެއް.” އެމީހާ މައުލޫމާތު ދިނެވެ.
ވެއްޓުނު ސައިކަލުގައި 18 އަހަރު ނުވާ ކުއްޖެއް !
މަޖީދީމަގުގެ ތޫމް ރެސްޓޯރެންޓް ކައިރީގައި ހިނގި މި ހާދިސާގައި އަނިޔާލިބިގެން އެމްބިއުލާންސަށް ލައިގެން ގެންދިޔައީ ފުލުހުންގެ ބޭފުޅެއް ކަމުގައި އެކި ނޫސްތަކުގައި ވަނީ ސާއިއުކޮށްފައެވެ. އެހެންނަމަވެސް އެއީ ފުލުހުންގެ ބޭފުޅެއް ނޫން ކަމަށާއި އެއީ 18 އަހަރު ނުވާ ކުއްޖެއް ކަމުގައި މަންޒަރުދުށް މީހާ މައުލޫމާތު ދިނެވެ. އެ ކުއްޖާ މިވަތުގު އޮތީ ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. މި ހާދިސާ އާއި ގުޅިގެން އެކުއްޖާގެ ފަޔަށް ވަނީ ވަރަށް ބޮޑަތި އަނިޔާވެފައެވެ. މަންޒަރުދުށް މީހާ ބުނިގޮތުގައި އެހާދިސާ ހިންގި ވަގުތުގައި އެ ކުއްޖާގެ ފައި ވަނީ ސައިކަލުގެ ޗޭނުގައި ކޭތި ވަރަށް ބޮޑަށް ޒަހަމުވެފައެވެ.
އުފެދޭ ސުވާލުތަށް ބައިވަރެވެ. 18 އަހަރު ނުވާ ކުއްޖާގެ ވާހަކަ މިއަދާހަމަޔަށް ވެސް ނުދައްކާ އޮތީ ކީއްވެބާއެވެ. މި ހާދިސާގައި ފުލުކާއި އާންމުންގެ މީހަކާއި ދެބަސްވީ ކޮންކަމަކާ ހެއްޔެވެ.ފުލުހުން އަސްލަށްވެސް ވެހިކަލުން ޖެއްސީހެއްޔެވެ. އާދެ މިކަންކަމަކީ ފުރިހަމަ ތަހުގީގަކުން ނޫނީ އެނގޭނެ ކަންކަމެއްނޫނެވެ. އެކަން ފުލުހުންނަށް  ދޫކޮށްލާނަމެވެ. އަޅުގަނޑުމެން މިހިއްސާކޮށްލީ މަންޒަރުދުށް ބައެއް މީހުންގެބަހެވެ. ވަކި ގޮތަކަށް ނުނިންމަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ