އިންޓަރ ސްކޫލް ސެމީ ފައިނަލް މެޗް ގައި ހަމަނުޖެހުން ހިންގައިފި

އިންޓަރ ސްކޫލް ފުޓްބޯޅަ
މުބާރާތުގެ 17 އަހަރުން ދަށުގެ ސެމީ ފައިނަލް މެޗް ކުޅެމުން ދަނިކޮށް ދަނޑަށް
ސަޕޯޓަރުން އަރައި ހަމަނުޖެހުން އުފައްދައިފިއެވެ.
,މިމެޗުގައި ކުޅުނީ ކަލާފާނު
ސްކޫލާއި މާލެ އަތޮޅު ގުރައިދޫ ސްކޫލް ޓީމެވެ.
މި މެޗުގައި ދެ ޓީމުން
ބައްދަލުކޮށް 2-1 ކަލާފާނު މޮޅުވެ ފައިނަލަށް ދަތުރުކުރި ހިސާބުން ގުރައިދޫ ސަޕޯޓަރުން
ދަނޑަށް އަރައި ރެފްރީއަށް ހަމަލާދިނުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ބައެއް
މީހުންގެ ހަމަލާތައް ރެފްރީއަށް ލިބުނު ނަމަވެސް ބޮޑު އަނިޔާއެއް ނުލިބި ޢާންމުންގެ
އެހީތެރިކަމާއި އެކު ރެފްރީ ވަނީ ސަލާމަތް ކުރެވިފައެވެ.
Advertisement
އެފްއޭއެމް އިންޓަ ސްކޫލް 17 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލް
ދެވަނަ މެޗު މިރޭ އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ އިމާދުއްދީން ސްކޫލާއި
ރެހެންދި ސްކޫލެވެ. މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު އޮންނާނީ މިރޭ 8:30
ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ