މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ވައިޓް އެލާޓް

މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރައި، ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މީގެ އިތުރުން މިއަދު ވައި ގަދަވެ، ކަނޑު ވެސް ގަދަވާނެތީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ވެސް ވައިޓް އެލާޓް ނެރެފައިވެ އެވެ. އެއީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ގަޑިއަކު 19-24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް ސަމާލުކަން ދޭން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ