އިންޓާ ސްކޫލް ކުރިކެޓް ލީގުގެ ތިން އުމުރުފުރާއިން ވެސް މުހިޔިއްދީން ފައިނަލަށް

މައިލޯ އިންޓާ ސްކޫލް ކްރިކެޓް ލީގުގެ ތިން އުމުރުފުރާގެ ފައިނަލުގައި އެއްކޮޅުން ކުޅޭނެ ޓީމަކަށް ވިލިގިލީ މުހިޔިއްދީން ސުކޫލް ހިމެނެއްޖެ އެވެ. ބާރަ އަހަރުން ދަށުގެ ފައިނަލުގައި މުހިޔިއްދީން ސްކޫލް އާއި ދެކޮޅަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ނުކުންނައިރު 14 އަހަރުން ދަށުގައި މުހިޔިއްދީން ސްކޫލާއި ދެކޮޅަށް ނިކުންނާނީ ތާޖުއްދީން ސްކޫލްއެވެ. އެންމެ ފަހުން 16 އަހަރުން ދަށު އުމުރުފުރާގެ ފައިނަލަށް މުހިޔިއްދީން ސްކޫލް ދަތުރުކުރީ ފަހު މެޗުގައި އިއްޔެ ތާޖުއްދީން ސްކޫލާއި ބައްދަލުކޮށް 7 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި އިއްޔެ ކުޅުނު އެ މެޗުގައި ޓޮސް ދިމާވުމުން މުހިޔިއްދީން ސްކޫލް ކުޅެންއަރައި 10 އޯވަރު ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދިފައިވަނީ 54 ލަނޑުއެވެ. މުހިޔިއްދީން ސްކޫލް އަށް އެންމެ ރަގަޅަށް ކުޅުނީ ކެޕްޓަން ޒަހުވާންއެވެ. އޭނާ ވަނީ 29 ބޯޅައިން 25 ލަނޑު ހަދާފައެވެ. ޖަވާބުގައި ތާޖުއްދީން ސްކޫލް ކުޅެންއަރާ 10 އޯވަރު ނިމުނުއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 47 ލަނޑުއެވެ. އެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 10 ލަނޑުހެދި އަހުސަންއެވެ. ސޯޅަ އަހަރުން ދަށުގެ އުމުރު ފުރާގެ ފައިނަލްގައި މުހިޔިއްދީން ސްކޫލްއާ ދެކޮޅަށް ނުކުންނާނީ އިސްކަންދަރު ސުކޫލެވެ. އިންޓާ ސުކޫލް ކުރިކެޓް ލީގުގެ ތިން އުމުރުފުރާގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކުރިކެޓް ދަނޑުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ