ޗެޓްޖީޕީޓީއަށް ވުރެ މާވަރުގަދަކޮށް ބިންގްސާޗް އިންޖީނުގެ ދެން ނެރޭ އަޕްޑޭޓް ނެރެނީ

މައިކްރޮސޮފްޓްގެ ނެކްސްޓް ޖެނެރޭޝަން ބިންގްސާޗް އިންޖީނުގެ ދެން ނެރޭ އަޕްޑޭޓް ޗެޓްޖީޕީޓީ އަށް ވުރެ މާބާރުގަދަވާނެ ކަމަށް މައިކްރޯސޮފްޓްއިން ބުނެފިއެވެ. މައިކްރޮސޮފްޓްއިން ވަނީ އެ ކުންފުނީގެ އާޓީފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއާ އެކު އެ ކުންފުނީގެ ސާޗް އިންޖީން، ބިންގް އިތުރަށް ހަރުދަނާ ކުރުމަށް އޯޕަންއޭއައިއާ އެކު ޕާޓްނާޝިޕެއް ހަދަން ނިންމައިފައެވެ. މީގެ އިތުރުން ބިންގްގެ ކުރިއަށް އޮތް ރިލީޒްގައި ޕްރޮމެތިއަސް މޮޑެލްގެ ނަމުގައި އާ މޮޑެލްއެއް ފެންނާނެ ކަމަށާއި މިއީ ޗެޓްޖީޕީޓީއަށް ވުރެ "މާ ބާރުގަދަ" އަދި ޚާއްސަކޮށް ސާޗްގައި ފުރިހަމަވާނެ ގޮތަށް ފަރުމާކޮށްފައިވާ މޮޑެލްއެއް ކަމަށް މައިކްރޮސޮފްޓްއިން ބުނެއެވެ. އާ ބިންގްގައި ޗެޓް ފަންކްޝަނަކާއި ހާހެއްހާ އަކުރު ލިޔެވޭނެ ސާޗް ބާއެއް ހުންނާނެއެވެ. އޭގެ ސައިޑް ޕެނަލްގައި ކުދި ނޯޓްތަކާއި ވެބްލިންކްތަކާއެކު ސާޗް ރިޒަލްޓްތައް ދައްކާލާނެއެވެ. މައިކްރޮސޮފްޓުން އަންނަނީ ސާޗް އިންޖީނުން ފެންނަ އާ ކަންތައްތަކާ ބެހޭ ގޮތުން ޚިޔާލު ހޯދުމަށް 'ފީޑްބެކް ބަޓަން'އެއް ވެސް އިތުރުކޮށްފައެވެ. އެ އާ ސާޗް އިންޖީނުގެ ސަބަބުން އިތުރު ސުވާލުތަކަށް ވެސް މަގުފަހިވެ، ސުވާލެއްގެ ޖަވާބެއް ނޭނގުނަސް ބޭނުންތެރި މައުލޫމާތު ލިބުމަށް މަގު ފަހިވެގެންދާނެއެވެ. މި ޗެޓް ފީޗާގެ ސަބަބުން އޯޕަންއޭއައިގެ ޓެކްނޮލޮޖީން އިތުރު އެހީތައް ލިބޭނެއެވެ. އެގޮތުން، މިސާލަކަށް ހަވާއީއަށް ކުރާ ފަސް ދުވަހުގެ ދަތުރަކާ ބެހޭ މައުލޫމާތު ހޯދާ ނަމަ، ބިންގް ސާޗްއިން ލިބޭ ޖަވާބުގައި އެ މީހަކު ހުންނާނެ ތަނާއި ފްލައިޓްތަކާއި ރަށުގައި ކުރެވޭނެ ކަންތައްތަކުގެ ލިންކުތައް ވެސް ފެންނަން ހުންނާނެއެވެ. މައިކްރޮސޮފްޓުން އާ ބިންގްގެ ޕްރިވިއުއެއް އާންމުންނަށް ހުޅުވާލައިފައިވާއިރު، ކޮންމެ މީހަކަށް ވެސް ބިންގް.ކޮމް އަށް ޒިޔާރަތްކޮށް ސާމްޕަލްގެ ބައެއް ސުވާލުތައް ބަލައި، ކުންފުނީގެ ވެއިޓްލިސްޓަށް ސައިންއަޕް ކުރެވޭނެއެވެ. މައިކްރޮސޮފްޓުން ވަރަށް އަވަހަށް އޭގެ މޮބައިލް ޕްރިވިއުއެއް ވެސް ނެރޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ