ބަރަހަނާ ފޮޓޯ އާންމުކުރި މީހާ ކޯޓުން ދޫކޮށްލައިފި

ޓިކްޓޮކްގައި ބަރަހަނާވާތީ ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ކަނޑައަޅައި ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ މައްސަލައެއްގައި 37 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ބުދަ ދުވަހު އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލަން އަމުރު ކޮށްފައިވާ ކަމަށެވެ.އޭނާ ދޫކޮށްލަން އަމުރުކުރީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް ނިންމައެވެ.އޭނާގެ ބަންދަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލީ އެއީ މުޖުތަމައަށް ނުރައްކާ މީހެއް ނޫން ކަަމަށް ކަނޑައެޅުމަށް ފަހު އެވެ. އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައި ނެތް ކަމަށާ އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން މީހަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.އޭނާ ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ