ހުމައިދު ފާހަގަކުރީ ހއ އަތޮޅުން ގޯލްޑަން ފުޓްސަލް ޗެލެންޖް އަށް ވާ ތައްޔާރީތައް ހުމައިދު ފާހަގަކުރީ ހއ އަތޮޅުން ގޯލްޑަން ފުޓްސަލް ޗެލެންޖް އަށް ވާ ތައްޔާރީތައް

ގޯލްޑަން ފުޓްސަލް ޗެލެންޖަށް އެންމެ ރަނގަޅަށް ޓީމުތައް ތައްޔާރުވާ އެއް އަތޮޅަކީ ހއ. އަތޮޅު ކަމަށާއި ފޯރި ވެސް ފެންނަނީ ވަރަށް ގަދަކޮށް ކަމަށް ހއ. މާރަންދޫގެ ކެޕްޓަން، ހުމައިދު ހުސެއިން ބުނެފި އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވެސް ހއ. އަތޮޅުން 10 ޓީމު ވާދަކުރެ އެވެ. ފަސް ޓީމުގެ ދެ ގްރޫޕަކަށް ބަހާލައިގެން މިހާރު މެޗުތައް ކުރިއަށްދާއިރު، މެޗުތައް ފެންނަނީ ދަނޑު ތެރެއިންނާއި ދަނޑު ބޭރަށް ބެލިޔަސް ނުހަނު ފޯރިގަދަކޮށެވެ.
"އަތޮޅަށް ބަލާއިރު ހުރިހާ ރަށެއް ވެސް ވަރަށް ވަރުގަދަކޮށް މި އޮތީ. ވަރަށް ކުރިއާލައި ތައްޔާރުވެ ތަށްޓަށް ހުރިހާ އެންމެން ވެސް ފޯކަސް ކޮށްފައި ހުރިކަން ފާހަގަކުރެވޭ. މެޗުތައް ވަރަށް ޓަފްކޮށް މި ދަނީ ހުރިހާ އެންމެން ވެސް، ދެން، އަހަރެމެން ވެސް މަހަކަށް ވުރެ ގިނަ ދުވަސް އެންމެން އެއްކޮށް ޕްރެކްޓިސްކޮށްފައި މި އަންނަނީ މުބާރާތަށް ޓާގެޓަކީ އަތޮޅު ފުރަތަމަ ތަށި ނެގުން އިރާދަކުރެއްވިއްޔާ،" މާރަންދޫ ޓީމުގެ ކެޕްޓަން، ހުމައިދު ބުންޏެވެ.
ހއ އަތޮޅުގެ ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ކެލާ އާއި ދެ ވަނައިގައި އޮތް މާރަންދޫ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާރަށަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހޯރަފުށްޓާއި ފިއްލަދޫ ތެރެއިން ކޮންމެ ޓީމަކަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
"ޓީމު ފުރަތަމަ މެޗުން ކެލާ އަތުން ބަލިވީ 2-0 އިން. އެ އަށް ފަހު ކިކު އަރައިފި އަސްލު ހަގީގަތުގައި، ދެން، އެ އަށް ފަހު ހުރިހާ މެޗެއް މި ނަގަނީ، ދެ މެޗު ވެސް މި ނެގީ 2-0 އިން. ދެން، ހަމަ އޯވަރޯލްކޮށް ހަމަ ހުރިހާ ކުޅުންތެރިން ވެސް ދައްކާ ޕާފޯމަންސް ފާހަގަކުރަން،" 20 އަަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް މީގެ ކުރިން ކޮށްފައިވާ ހުމައިދު ބުންޏެވެ.
ހުމައިދު ވަނީ މި ފަހަރުގެ މުބާރާތުގައި ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، މުހިންމު ގޯލުތަކެއް ވެސް ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ