އިހުސާންގެ މިނިސްޓަރު ކަމުގައި ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތް: ޖަމީލް އިހުސާންގެ މިނިސްޓަރު ކަމުގައި ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތް: ޖަމީލް

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ މިނިސްޓަރު ކަމުގައި ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަން ސާބިތުވެފައިވާ ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަދި ރާއްޖޭހެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަހުޒީބު މުޖުތަމައުއެއްގައި ދާހިލީ ވަޒީރުގެ ބެލުމުގެ ދަށުން ބޮޑެތި ޖިނާއީ ކުށްތަކެއް ހިނގައިފިނަމަ، މަގާމުގައި ނުހުރެވޭނެ ކަމަށެވެ.
"އެއްވެސް ތަހްޒީބު މުޖުތަމައުއެއްގައި ދާަހިލީ ވަޒީރު ގެ ބެލުމުގެ ދަށުން މިހާ ބޮޑަތި ޖިނާއީ ކުށްތަކެއް ހިނގައި، މަގާމުގައި ނުހުރެވޭނެ. މަނިކުފާނުގެ ބެލުމުގެ ދަށުން އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނެތްކަން މިސާބިތުވީ. މަނިކުފާނަށް ހަމަނިދިން ނިދޭތޯ،" ޖަމީލް ވިދާޅުވި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރީގެ ޑިޕާޓްމަންޓުތަކުގެ ވެރިން އެކްސަސްދީ ސޮއިކޮށް، ހިންގި ކަމެއްގައި ސަބަބުވެރި އެއްވެސް އިންސާނަކު މިނިސްޓަރަށް އެކަމުން ރެކެވޭނެ ކަމަށް ނުދެކޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޕާޓީގެ ފޯމު ބޮނޑި ހިއްޕަވައިގެން މިނިސްޓަރު އިހުސާން ހުންނެވިއިރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ ތެރޭގައި އިނގިލިތައް ފިސްފިސްވަންދެން ފޯޖުކޮށް، ސޮއިކުރުމުގެ އިތުރުން ފިންގާ ޕްރިންޓް ޖަހަން ތިބިކަން ނަފީ ކުރެވޭނެ ކަމާ މެދު ވެސް ޖަމީލް ސުވާލު އުފެއްދެވި އެވެ.
އޭގެއިތުރުން ޖަމީލް ވަނީ އިހުސާންއަށް ބޮޑެތި ތުހުމަތު ކުރައްވައި، ޖަމީލް ވިދާޅުވީ މިނިސްޓަރަކީ ނަޒާހަތްތެރި ބޭފުޅެއް ނޫން ކަމަށާއި މަސްލަހަތު އޮތް ބައެއް ވިޔަފާރިތަކަށް ނާޖާއިޒް ފައިދާ ވެސް ހޯދައިދެމުންދާ ކަމަށެވެ.
"މަނިކުފާނަކީ ކިޔަވައިގެން ހުންނެވި ޒުވާނެއް. އެކަމަށް އިޙްތިރާމްކުރަން. އެކަމަކު މަނިކުފާނަކީ ސިޔާސީގޮތުން ތޫނުފިލި، ނަޒާޙަތްތެރި ބޭފުޅެއް ނޫން. މަނިކުފާނުގެ ޕާޓީގެ އެމްޕީންތައް، ގޭންގު ހަދައި ކުށްތަކުގައި ނޫޅޭތޯ؟ އިދިކޮޅު ޕާޓީއަށް ގޯނާކުރާއިރު، ރައްކާތެރިކަން ދެވިއްޖެތޯ؟ މަނިކުފާނުގެ މަޞްލަޙަތު އޮތް ބައެއް ވިޔަފާރިތަކަށް ނާޖާއިޒު ފައިދާ ނުދެވޭތޯ؟،" ޖަމީލް ސުވާލު އުފައްދައި ވިދާޅުވި އެވެ.
އިހުސާންގެ މައްޗަށް ފޯޖަރީ، މަކަރާއި ހީލަތް، އަސާސީ ހައްގު "ރައިޓް ޓު ޕްރައިވަސީ ވަޔަލޭޓް" ކުރުން ފަދަ އެތައް ތުހުމަތެއް ކުރެވޭކަން ވެސް ޖަމީލް ފާހަގަކުރެއްވި އެވެ.
އިހުސާންއަށް މިހާ ބޮޑަށް ޖަމީލް ފާޑުވިދާޅުވީ ސަރުކާރުގެ ޑީއެންއާރް ޑޭޓާބޭސްގައި ހުރި މައުލޫމާތު ވަގަށް ބޭނުން ކޮށްގެން ޕީއެންސީއަށް ވަގަށް މީހުން ވެއްދި ކަމުގެ ތުހުމަތު މިނިސްޓަރަށް ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ