ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހައި ވޮލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ
ރޭގެ ވަގުތެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ. ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ ރޭ 11:00ހާއިރެވެ. https://x.com/STELCOMALDIVES/status/1880860071514828909 މިކަމާ ގުޅިގެން ސްޓެލްކޯއިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ، ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި ވާކަމަށެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން ރޭ ބުނީ، ހުޅުމާލެއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މައްސަލަ ހައްލުކުރުމަަށް ފަހު ކަރަންޓު ފޯރުކޮށްދީފައި ވަނީ ރޭ 12:00 ހާއިރެވެ. ސްޓެލްކޯގެ ބައެއް މަސައްކަތްތައް ކުރުމަށާއި، ދިމާވާ ބައެއް ޓެކްނިކަލް މައްސަލަތަކުގައި މާލެއާ ހުޅުމާލެއިން ވެސް ކަރަންޓު ކެނޑެއެވެ. މި ފަހުން ހުޅުމާލެ ފޭސް ދެއަކުން ވަނީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުމުގެ ތެރޭ ވެސް ކަރަންޓު ކެނޑިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ