ބޮޑު މޮޅަކާ އެކު ބަޔާނުން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި ބޮޑު މޮޅަކާ އެކު ބަޔާނުން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

މިއުނިކް (ޖެނުއަރީ 16) - ޖަރުމަނު ލީގުގައި ރޭ ހޮފެންހައިމް އަތުން 5-0 އިން މޮޅުވެ، ބަޔާން މިއުނިކުން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
އެއް ވަނައިގައި ބަޔާން އޮތީ 17 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން އަށް ވަނީ 17 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އައިންޓްރަކްޓް ފްރޭންކްފާޓަށް ވަނީ 17 މެޗުން 33 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނުން ރޭގެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ ވެސް ތިން ގޯލުގެ ލީޑަކާ އެކު އެވެ. އެ ޓީމުން ލީޑުނެގީ، ހަ ވަނަ މިނިޓްގައި ލެރޯއި ސާނޭ ޖެހި ގޯލުންނެވެ. އަދި އޭގެ ހަ މިނިޓް ފަހުން، ހެރީ ކޭން ދިން ބޯޅައަކުން ރަފައެލް ގަރޭރޯ ވަނީ ގޯލެއް ޖަހައި ބަޔާންގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގެ 26 ވަނަ މިނިޓްގައި ބަޔާންގެ ތިން ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ކޭން އެވެ. މިއީ ކޭން ފޮނުވާލި ބޯޅައެއް ހޮފެންހައިމްގެ ކުޅުންތެރިއަކު އަތުގައި ޖެހިމުން ދިން ޕެނަލްޓީ އެކެވެ. މިއީ ޕެނަލްޓީއެއްތޯ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ވަނީ ޔަގީންކޮށްފަ އެވެ.
މި ގޯލާ އެކު، ކޭން ވަނީ ލީގުގައި ކުޅުނު 15 މެޗުން 16 ގޯލު ޖަހައި، އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެެވެ.
ދެ ވަނަ ހާފު ފެށިގެން ތިން މިނިޓް ތެރޭ މަތައިސް ޓެލް ދިން ބޯޅައަކުން ސާނޭ ވަނީ ބަޔާންގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގައި ބަޔާންގެ ފަހު ގޯލު ޖަަހާފައިވަނީ، ސާޖް ގްނަބްރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ