އިލެކްޝަން ކޮމިޝަން (އީސީ)ގެ ދެ މެންބަރުންގެ މަގާމަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެ ބޭފުޅަކަށް މިއަދު ރުހުންދީފިއެވެ.
އީސީގެ ދެ މެންބަރުންގެ މަގާމު ހުސްވީ 25 ނޮވެމްބަރު 2024 ގައި އީސީގެ ނައިބު ރައީސްކަމުގައި ހުންނެވި ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
އެ ދަމާގަމަށް މެންބަރުން ޢައްޔަނުކުރުމަށް މަޖިލީހަށް ރައީސް ފޮނުއްވި ދެ ނަންފުޅަކީ، މުހައްމަދު ޒާހިދާއި، އަބްދުއްރަހްމާން ސޮލާހު ރަޝީދުގެ ނަމެވެ.
ދައުރުން ބޭއްވި މިއަދުގެ ޖަލްސާގައި މި ދެނަމަށް ވޯޓަށް އަހާފައިވާއިރު، މި ދެ ބޭފުޅުންގެ ނަން ވެސް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ޒާހިދު ވަނީ މީގެ ކުރީން ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސްކަމާއި، ޖެންޑާ މިނިސްޓްރީގެ ނައިބުކަން ކުރަށްވާފައެވެ. ޒާހިދު އެޗްއާރުސީއެމުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.
ސޮލާހު ވަނީ އީސީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރަށްވާފައެވެ. އަދި ހޯމް މިނިސްޓްރީގެ ޕީއެސްކަން ވެސް ކުރެއްވިއެވެ.
މަޖިލީހުން މިއަދު ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް ދެ ބޭފުޅެއް އައްޔަނުކުރަން ވެސް ފާސްކޮށްފައެވެ. އެއީ ކުރީގެ މެމްބަރު، ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ކުރިން ވެސް އެ ކޮމިޝަންގެ މެންބަރުކަން ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އީސީގެ މެމްބަރު ކަމަށް ދެ މެންބަރަކު އައްޔަން ކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ