ގާސިމް އިބްރާހީމުގެ ފޯން ފުލުހުންގެ އަތުލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމުގެ ފޯން ފުލުހުންގެ އަތުލައިފި އެވެ.
ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނޭ ބޭފުޅުން ވަނީ މިކަން ޔަގީންކޮށްދެއްވާފަ އެވެ.
ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ ފޯން ފުލުހުން އަތުލީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.
މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަަފްސީލެއް ހިސާން ހިއްސާކުރައްވާފައެއް ނުވެ އެވެ.
ގާސިމްގެ ފޯން ފުލުހުން އަތުލާފައި މިވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުތަކެއް ކުރުމަށްފަހު އެމަނިކުފާނުގެ މަސްލަހަތު ހުރި ބައެއް އިމާރާތްތައް މިއަދު ބަލައި ފާސްކުރުމަށްފަހު އެވެ. ނަމަވެސް މިއަދު ފުލުހުން ބަލައި ފާސްކުރި އެއްވެސް ތަނަކުން ވެސް މައްސަލައާއި ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ފުލުހުން އަންގާފައިވާ ކަމަށްވެސް ގާސިމްގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ