ކިތަންމެ އަނިޔާކުރިޔަސް އިންސާފުގެ މަގު ހިޔާރު ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

އަޅުގަނޑުމެންނަށް ބަޔަކު ކިތަންމެ އަނިޔާ ކުރިޔަސް އިންސާފުގެ މަގު ހިޔާރު ކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
 
އެމަނިކުފާނު މިހެން ވިދާޅުވީ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.
 
ފުލުހުން ހައްޔަރުކޮށްފައިވާ ހުރިހާ މެމްބަރުން ވަގުތުން  ވަގުތަށް މިނިވަން ކުރުމަށްވެސް ރައީސް މައުމޫނު ވަނީ ގޮވާލައްވާފައެވެ.
Alhugan'dumennah bayaku kithamme aniyā kurias, alhugan'dumen ikhthiyāru kuranvānī insāfuge magu.
މިމަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ މެމްބަރު ނޫން ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުންތައް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވެންނެވި މައްސަލާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަޙްމަދު މަނިކާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
 
ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިހާރު ވެސް ހުންނެވީ ބަންދުކޮށްފަ އެވެ. ރިޝްވަތު ދެއްވިކަމުގެ ތުހުމަތުކޮށް،  ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ފާރިސް ހުންނެވީ ޣައިރު ގާނޫނީ ބަންދެއްގަ އެވެ.
 
އިތުރު މެމްބަރުންތަކެއް ހައްޔަރު ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
 
މެމްބަރުން ހައްޔަރުކުރުމަށް ސަރުކާރުން މި ފެށީ، މަޖިލީހުގައި އޮތް ސަރުކާރުގެ ބޮޑު އަޣުލަބިއްޔަތު ގެއްލިގެން ދިއުމުންނެވެ. 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ