ގާސިމްގެ ހާލު ބެއްލެވުމަށް މައުމޫން ޒިޔާރަތް ކުރައްވައިފި

މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޒިޔާރަތް ކުރައްވައި ހާލު ބައްލަވައިފި އެވެ.
 
ރައީސް މައުމޫން މެޑިކާ ހޮސްޕިޓަލަށް ވަޑައިގަތީ އާދީއްތަ ދުވަހުގެ މެންދުރު ފަހު އެވެ.
 
ގާސިމް އެޑްމިޓްކޮށް ފަރުވާ ދެމުންދަނީ ކާރުކޮޅުގައި އޮފީހަށް ވަޑައިގަންނަވަނިކޮށް، ބޯ އަނބުރަައި، ހޮޑުލަވާ ގޮތްވެ، އަދި ނޭވާ ކުރުވާން ފެށުމުން ކަމަށެވެ.
 
ގާސިމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު އާދީއްތަ ދުވަހު 2:00 އަށް ގާސިމްގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓްގައި އޮތީ ތާވަލްކޮށްފަ އެވެ. އެ އަޑުއެހުން ކެންސްލްކުރީ ގާސިމް އެޑްމިޓްކުރުމާ ގުޅިގެންނެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ