އައްޑޫ އެއާޕޯޓް ކުންފުންޏަށް ފައިދާ ނުވާ ކަމަށް ބުނެ ފްލައިންގ ސްކޫލް ގަމުން ބޭރުކުރަނީ

އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސްއިން ސ. ގަމުގައި ހިންގާ ފްލައިންގ ސްކޫލްގެ އެގްރިމެންޓް އާކޮށްދެވެން ނެތް ކަމަށް، އައްޑޫ އެއާޕޯޓް ހިންގާ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނިން ބުނެފިއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ ސައީދު އައްޑޫ ލައިވް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ފްލައިންގ ސްކޫލުން އެއާޕޯޓް ކުންފުންޏަށް އެކަށޭނަ އާމްދަނީއެއް ނުލިބޭ ކަމަށާއި، އެހެންކަމުން ފްލައިންގ ސްކޫލުގެ އެގްރިމެންޓް އާކޮށް ނުދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އައްޑޫ އެއާޕޯޓް ތަރައްޤީ ކުރުމަށް މުހިއްމު ޕްލޭންތަކެއް ކުރެވިފައިވާ ކަމަށް ވެސް އިބްތިޝާމާ ވަނީ ވިދާޅުވެފައެވެ.
މިހާރު އަމަލުކުރަމުންދާ އެގްރިމެންޓްގެ ދަށުން، ގަމުގައި ފްލައިންގ ސްކޫލް ހިންގޭނީ 2019 ވަނަ އަހަރާ ހަމައަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެގްރިމެންޓްގެ މުއްދަތު ހަމަވާން ކައިރިވާތީ، ފްލައިންގ ސްކޫލްގެ ވެރިން ވަނީ އައްޑޫ އެއާޕޯޓް ކުންފުންޏާ އެކި ގޮތް ގޮތުން މަޝްވަރާކޮށްގެން، އެގްރިމެންޓްގެ މުއްދަތު އިތުރު ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މި މަސައްކަތުން މިހާތަނަށް އެއްވެސް އަލިމަގެއް ފެނިފައި ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަވަށްޓެރި ސްރީލަންކާގައި 2008 ވަނަ އަހަރު އުފެއްދި އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސްއިން ގަމުގައި ފްލައިންގ ސްކޫލެއް ހުޅުވާފައި ވަނީ 2010 ވަނަ އަހަރުއެވެ. ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ފްލައިންގ ސްކޫލަށް މި ސްކޫލް ވެގެން ގޮސްފައިވާއިރު، ދިވެހި ގިނަ ކުދިންތަކެއް ހިމެނޭ ގޮތަށް ޖުމްލަ 200 އެއްހާ ކުދިން މި ސްކޫލްގައި ދަނީ ކިޔަވަމުންނެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުދިންތަކެއް އައްޑޫ ފްލައިންގ ސްކޫލުގައި ކިޔަވަމުންދާއިރު، މި ހުރިހާ ދަރިވަރުން ދިރިއުޅެމުންދަނީ އައްޑޫ ސިޓީގެ އެކި ރަށްތަކުގައެވެ. އެހެންކަމުން އައްޑޫ އަށް މި ކުދިންގެ ސަބަބުން ވެސް ބޮޑު އާމްދަނީއެއް ލިބިގެންދެއެވެ. 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ