ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުޙައްމަދު މިއަދު ޕީޕީއެމް އިން ވަކި ވެއްޖެއެވެ.
މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ލަތީފު ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވެފައި ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވަނީ ޕީޕީއެމްގެ ކޮންމެ ކޮންމެ ވިޕްލައިނަކާއި އެއްގޮތަށް ވޯޓް ދިނުމަކީ އޭނާއަށް ކުރެއްވިދާނެ ކަމަކަށް ނުވާނެތީކަމަށެވެ. އޭނާއަކީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރަކަށް ވާތީ ވޭތުވެދިޔަ ތަނުގައި ހުރިހާ ވޯޓެއް ވެސް ދީފައި ވާނީ ޕީޕީއެމް ޕީޖީގެ ވިޕްލައިނާއި އެއްގޮތަށް ކަމަށް ލަތީފު ފާހަގަ ކުރައްވާފައި ވެއެވެ. ނަމަވެސް އެނިންމުންތަކަކީ ރައްޔިތުންނާއި ޒުވާނުންގެ ފައިދާ އާއި މަންފާއަށް ބަލައި ނިންމާފައިވާ ނިންމުންތަކެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ލިސްޓުގައި ސޮއި ކުރި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރޭގައި ލަތީފުގެ ސޮއި ވެސް ހިމެނޭނެއެވެ.
ދިއްދޫ ދާއިރާގެ މެމްބަރު ޕީޕީއެމްއިން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ