42 އިން ފެށިއްޖެތަ އެކަން ކާމިޔާބު ވާނެ: ގާސިމް

ރާއްޖޭގެ ސިޔާސީ ހަޔާތަށް ބަލާއިރު ސާޅީސް ދެޔަކުން ފެށިއްޖެ ކަމަ އެކަމެއް ކާމިޔާބު ވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
 
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފަހު، ޕާޓީތަކުން ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުށަހެޅި ލިސްޓްގައި ވެސް ސޮއިކުރެއްވީ 42 މެމްބަރުން ކަމަށެވެ.
 
"މިއީ ކޮން ކަހަލަ ފާލެއް ކަމެއް އަޅުގަނޑަކަށް ނޭނގެ. ނަމަވެސް ސާޅީސް ދެއަކުން ފެށިއްޖެތަ އެކަމެއް ކާމިޔާބު ވާނެ،" ގާސިމް ވިދާޅުވި އެވެ.
 
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް 45 މެމްބަރުން ސޮއިކުރައްވާފައިވާއިރު، މަޖިލީހުގެ މެމްބަރުންނަށް ގާސިމް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
 
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު، އެއީ ކިހާ މުއްދަތަކަށް ނޭނގޭ ކަމަށާއި ކިތަންމެ ލަސްކުރިއަސް އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކުގައި ކަމަށެވެ.
 
ގާސިމް ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާފައިވަނީ އެ މަނިކުފާނު އެ މަގާމަށް ހޮވިވަޑައިގެންނެވި ވޯޓަށް ވުރެ އެއް ވޯޓް އިތުރަށް ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ