ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެއްޖެއެވެ.
މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:00 އާއި ހަމަށެވެ.
ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރޭ 20:00 ގައި ނެރުނު ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ދެކުނުގެ އެކިހިސާބަށް ވެސް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަށް ލަފާކުރެވެއެވެ. ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެެ އެވެ.
ނަމަވެސް ދިޔަވަރު ބޮޑުވާގަޑިތަކުގައި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެއަސަރު ކުރުމަކީ އެކަށީގެންވާކަމެއް ކަމަށް މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވިއެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ