ބިރު ދައްކައިގެން ތިނަދޫ ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ: އަބްދުﷲ

ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް ތިނަދޫ ރައްޔިތުން ފަހަތަށް ނުޖެހޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ޖަލްސާއަށް ރައްޔިތުން ނުކުންނާނެ ކަމަށް ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ތިނަދޫގައި ބާއްވާ ޖަލްސާގައި ބައިވެރިނުވުމަށް ޕީޕީއެމުގެ ބައެއް އިސް ފަރާތްތަކުން ގޮވާލާފައިވާ ގޮވާލުމަށް ރައްދު ދެއްވާ އަބްދުﷲ ވިދާޅުވީ ތިނަދޫ ރައްޔިތުން ތިބޭނީ އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ކަމަށެވެ. Birudhekkumuge Therein Thinadhoo Lobuvethi Rayyithun Huttuvan Kithamme Masakkatheh Kuriyas Nuhuttuveyne!!! Dhemi Thibeynee Islaahee Maskkathuge Kuree Safuga!!! @MoosaZameer @ahmed_nihan @Banafsaa— عبدالله أحمد (@AblhoMP) November 21, 2017
ފާސިގުންނާއި ހާއިނުންނާއި ބާގީންގެ ކިބައިން ތިނަދޫ ރައްޔިތުން ތިބީ ސަލާމަތްވެގެން ކަމަށާއި ދެން އޮތީ ގައުމު ސަލާމަތް ކުރުން ކަމަށް އަބްދުﷲ ވިދާޅުވިއެވެ. Faasigunnaai , Khaainunnaai, Baageen Ge Kibain Thinadhoo Lobuvethi Rayyithun Salaamaih Vejje!!! Dhen Othee Gaumu Salaamaih Kurun!!! Lakka Dhuvaheh Neih!!! @ahmed_nihan @Banafsaa @MoosaZameer— عبدالله أحمد (@AblhoMP) November 21, 2017
އަބްދުﷲ އެހެން ވިދާޅުވި އިރު އަބްދުﷲއާއި ތިނަދޫ އުތުރު މެންބަރު ސައުދުﷲ ހިލްމީއަކީ ގައްދާރުން ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުވަނީ ސިފަ ކުރައްވާފައެވެ.
"ދަންނަވަން މިއުޅޭ ނުކުތާއަކީ ތިނަދުއާ އެސަރަހައްދުގެ ރައްޔިތުންނައްޓަކާ ރައީސް ޔާމީން ވެވަޑައިގެންނެވި އިހުސާންތެރި ގުރުބާނީގެ އަގު ކޮބައިތޯއޭ. އެމަނިކުފާނުގެ ޕާލިމެންޓްރީ ގުރޫޕުގެ ތެރޭގައި ތިބެ މިގައުމަށް ވަރަށް ބޮޑަށް ގައްދާރުވެ ގާތްގަނޑަކަށް މިގައުމު ރާއްޖެއިން ބީވާ ހިސާބަށް ގެންދަން ހަރަކާތުގައި ތިނަދޫގެ ދެ މެންބަރުން ބައިވެރިވި،" ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ