ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިމާރާތެއްގައި ގާއިމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ޖަގަހަ ކުނޫޒަށް މައުމޫން ވަޑައިގަތުމާއި އެކު “ތިޔައީ ލޮބުވެތި ޒައީމު” ލަވަ ޖަހައި މައުމޫނަށް ތައުރީފް އޮއްސާލިއެވެ. ކުނޫޒުގައި ރޭ މައުމޫނު ރަސްކަލެއްގެ ގޮތުގައި ބަލައިގަނެ މަރުހަބާ ކިޔަމުން ދިޔައިރު އެންމެ ކުރީ ސަފުގައި ތިބީ ރާއްޖޭގައި ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރާ އެމްޑީޕީގެ ލީޑަރުންނެވެ.
ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި މައުމޫނާއި އަދި އެހެން ހުރިހާ ސިޔާސީ މީހުން ވެސް މަސައްކަތް ކުރެއްވީ ސުޕްރީމް ކޯޓުގެ ނިންމުމާއި ލެޑިގަތުމަށެވެ. ޤާނޫނީ ގޮތުން “ރޯ ފިލާފައި ނުވާ” މީހުންނާއި ތިމާއަށް ތިމާ ފެނިފައި ތިބި މީހުން ގެންދިޔައީ އެމީހަކު ހިތަށް އެރި ގޮތަކަށް ކޯޓުގެ ހުކުމް ތަރުޖަމާ ކުރަމުންނެވެ.
ގާސިމް އިބްރާހިމްގެ މާލިއްޔަތުން ޚަރަދު ކުރާ އިމާރާތެއްގައި ހުރެ މައުމޫން ވެސް، ސިޔާސީ މަންފާ ހޯދަން ވާހަކަ ދައްކަވަމުން ގެންދިޔައިރު، ގާސިމަށް ލިބެމުން ދިޔަ އަނިޔާތަކުގެ ވާހަކަ އެއް ނުދައްކަވައެވެ.
ދޭތެރެ އަކުން ސުރުޚީ އަޅާލުމުގެ ގޮތުން ގާސިމްގެ ނަން ވިދާޅުނުވާ ވާހަކައެއް ނޫނެވެ.
ޤާސިމް އިބްރާހިމް ބަލި އެނދުގައި އޮންނެވި އިރު އެމަނިކުފާނުގެ ހާލު އޮޅުން ފިލުވުމަށް މައުމޫނަށް އެންމެ ފަހަރަކު ވެސް ހޮސްޕިޓަލަކަށް ވަޑައެއް ނުގެންނެވުނެވެ. ލާދީނީ އެމްޑީޕީގެ އިބޫ އަށާއި ކީބޯޑް ޝިފާޒަކަށް ވެސް ގާސިމަށް ޒިޔާރަތެއް ނުކުރެވުނެވެ.
ބަހަނާ އެއްގެ ގޮތުގައި މިއަދު ވިދާޅުވާނީ، ގާސިމް އޮންނެވީ ކަރެކްޝަނަލް ސަރވިސްގެ ބެއްލެވުމުގެ ދަށުގައި ކަމަށާއި އެހެން ކަމުން ޒިޔާރަތް ނުކުރެވޭނެ ވާހަކައެވެ.
އެހެން ނަމަވެސް ގާސިމް ހޮސްޕިޓަލަށް ގެންދެވި ކަރެކްޝަނަލްގެ ބެލުމުގެ ދަށަށް ގެންދެވުމާއި ހަމައަށް ވެސް މައުމޫނަކަށް ގާސިމް އަށް ޒިޔާރަތް ނުކުރެވުނެވެ.
ސަބަބަކީ މައުމޫނަށް އެނގި ކަށަވަރުވާ ކަމަކީ، ގާސިމް ސިޔާސީ ތަސްވީރުން ގެއްލުވާލެވިއްޖެ ނަމަ ދަރިކަލުން ފާރިސް އަށް އިތުރު ދޮރުތަކެއް ހުޅުވޭނެ ކަމެވެ. އަދި ޚުދު މައުމޫނަށް ކުނޫޒުގެ ރަސްކަން ލިބިވަޑައިގަންނަވާނެ ކަމެވެ.
ޤާސިމް ބަލި އެނދުގައި އޮންނެވިއިރު ހާލު ބައްލަވަން ނުގޮސް މައުމޫން ކުނޫޒުގެ ރަސްކަމުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ