ރައްޔިތުން، އިޤްތިސާދީ އަދި މާލީ ކަންތައްތަކަށް ހޭލުންތެރިކުރުވުން މުހިންމު

ރާއްޖޭގެ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް އިޤްތިސާދީ އަދި މާލީ ކަންތައްތަކަށް ހޭލުންތެރިކުރުވުމަށް މަރުކަޒީ ބޭންކާއި، ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އާއި ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ. ގަވަނަރ ޑރ. އަޒީމާ ވިދާޅުވީ، ރައްޔިތުންގެ މެދުގައި ފަހަށް ރައްކާކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުންނާއި، ވިޔަފާރިތަކުގައި ބަޖެޓް ކުރުމާއި މާލީ ކަންކަމުގައި ކަންކަން ކުރަންވާ ރަގަޅު ގޮތްތައް ބުނެދިނުމަށް ފައިނޭންޝަލް ލިޓްރެސީއަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މެދުގައި ފައިނޭންޝަލް ލިޓްރަސީ އިތުރުކުރުމަށް ސީ.އެމް.ޑީ.އޭއިން މިހާރުވެސް ފުރިހަމަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި، އަދި އެފަރާތާއި ގުޅިގެން އެމް.އެމް.އޭއިން ވެސް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.
 
މީގެ އިތުރުން ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ މަސައްކަތް ހަރުދަނާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ގަވަނަރ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ހާއްސަ ކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަސޭހަކަމާއި ފައިނޭންސް ހޯދުމަށް އެހީތެރިކަން ފޯރުކޮށް ދެވިދާނެ ކަމަށެވެ. އަދި ހާއްސަކަމެއް ދީގެން ސަރުކާރުގެ ޑެޓް ސެކިއުރިޓީ މާރކެޓް އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގަވަނަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ