ޕީޕީއެމްގެ ކައުންސިލާއި ކޮމެޓީތަކުގެ ދައުރު ހަމަވެ ޕާޓީވަނީ ހުއްޓުމަކަށް އައިސްފަ: މައުމޫނު

ސަރުކާރު ހިންގައި މައި ޕާޓީ، ޕީޕީއެމްގެ ކައުންސިލާއި ކޮމެޓީތަކުގެ ދައުރު ހަމަވެފައިވާ ކަމަށާއި އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވޭނެ ކަމާމެދު ގާނޫނީ އެތައް ސުވާލުތަކެއް އުފެދިއްޖެ ކަމަށް ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އެކަން ހާމަ ކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނަށް އެމަނިކުފާނު މި މަހުގެ 18 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައެވެ.
ރައީސް މައުމޫނު ފޮނުއްވެވި އެ ސިޓީފުޅުގައި ވިދާޅުވެފައިވާ ގޮތުން ޕީޕީއެމްގެ ކައުންސިލާއި ކޮމެޓީތަކާއި ގުނަވަންތަކުގެ ގާނޫނީ މުއްދަތު މި މަހުގެ 19 ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ. ޕާޓީގެ އަސާސީ ގަވައިދާ ހަވާލާ ދެއްވައި މައުމޫނު ވިދާޅުވެފައިވަނީ އެ ޕާޓީ ހިންގުމަށް 2013 ވަނަ އަހަރު ޕާޓީގެ ގައުމީ މަޖިލީހުގައި ޕާޓީގެ ކައުންސިލާއި އެހެނިހެން ކޮމެޓީތަކުގެ މެމްބަރުން ފަސް އަހަރުގެ ދައުރު މިއަހަރުގެ ޖެނުއަރީ މަހު ގެ 19 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. އެ ހިސާބުން ޕާޓީގެ ހިންގުން ހުއްޓުމަކަށް އަންނާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. ޕާޓީގެ ކައުންސިލާއި އެހެނިހެން ގުނަވަންތަކުގެ ދައުރު ހަމަވެފައިވާތީ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ މީހަކު ހޮވުމަށް ޕްރައީއެއްވެސް ބޭއްވޭނެ ގޮތެއްވެސް ނެތެވެ.
މައުމޫނު ވަނީ 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ގައުމީ ޖަލްސާގައި ފާސްކޮށްފައިވާ އަސާސީ ގަވައިދުގެ 32 ވަނަ މާއްދާގެ (ހ)ގައި ޕާޓީގެ ހުރިހާ މެމްބަރުން ތަމްސީލް ވާނެ ގޮތައް ގައުމީ ޖަލްސާއެއް ކޮންމެ ދެ އަހަރައި ބައިން ބާއްވަން ޖެހޭނެ ކަމަށް އޮންނައިރު އެ މުއްދަތުގައި ގައުމީ ޖަލްސާވެސް ނުބާއްވާކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ