ރައީސް ޔާމިންގެ ސަރުކާރުން ހިންގި ޚިޔާނާތްތަކުގެ ތެރެއިން އެންމެ ހިޔާނާތަކުން ވެސް ރައްޔިތުން ބިކަ ވެއްޖެކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ދިއްދޫގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމިނުގެ ސަރުކާރަށް ތާއިދު ކުރަންވީ އެއްވެސް ސަބަބެއް ނުފެންނަ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހިންގި އެންމެ ޚިޔާނާތަކުން ވެސް ރައްޔިތުންނަށް އެކަމުގެ ތަކުލީފު ނުޖެހޭ އެންމެ ދިމާލެއްވެސް ނެތް ކަމަށާއި، އެމްއެމްޕީއާރްސީ ހިޔާނާތުން އެކަނިވެސް ރައްޔިތުން ބިކަވެއްޖެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ 1.2 ބިލިއަން ރުފިޔާއިން 24 ރަށުގެ ބަނދަރު ހެދޭނެ ކަމަށާއި، ކިޔަވާ ކުދިންނަށް ހަތަރުހާސް އަށްޑިހަ ކްލާސް ރޫމް އެޅޭނެ ކަމަށެވެ. އަދި ތޭރަހާސް ހަސަތޭކަ މީހުންނަށް ހައްޖަށް ދެވޭނެ ކަމަށާއި، ފަނަރަހާސް ތިންސަތޭކަ ޒުވާނުން މާސްޓާސް ޑިގްރީ ހެދޭނެ ކަމަށެވެ.
މީގެ އިތުރުން އެއަދަދުގެ ފައިސާއިން މަސްވެރިންނަށް ސަތޭކަ ބާވިސް ކަންނެލިއޮޑި ބަނދެވޭނެ ކަމަށާއި، ހަތަރު ސަތޭކަ އަށްރަށުގެ ކުނިނައްތާލާ ނިޒާމު ގާއިމް ކުރެވޭނެ ކަމުގައިވެސް ހަސަން ލަތީފު ވިދާޅުވިއެވެ. އަދި ދުއިސައްތަ އަށާރަ މިސްކިތް އަޅާނެ ފައިސާ ދިޔައީ ރައީސް ޔާމިންގެ ސަރުކާރުގެ ވެރިކަމުގައި އެންމެ މީހެއްގެ ޖީބަށް ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މިސަބަބުތަކަށްޓަކައި ރައީސް ޔާމިންގެ ސަރުކާރަށް ރައްޔިތުން ވޯޓުދޭން ނުޖެހޭ ކަމަށެވެ.
"އަދި އެބައޮތް އައިޖީއެމްއެޗް އިމާރާތުގެ ހިޔާނަތް، ކޮރަޕްޝަން. 1.3 ބިލިއަން ރިފިޔާގެ ހިޔާނަތް. މަގު ހަދަން ނުޖެހޭ ރަށެއް ރާޢްޖޭގައި މަދު.
ވާރޭ ކޮޅެއް ވެހިލާފިއްޔާ މިއޮންނަނީ ޗަކަވެފައި، ހިނގޭނެ ގޮތެއް ނެތް. ދުއިސައްތަ އެކާވީސް ކިލޯމީޓަރުގެ މަގު ހަދަން ހުރި ފައިސާ އަނެއްކާ ވެސް ޖީބަށް.
އައިޖީއެމްއެޗްގައި ހަދާ 25 ބުރީގެ އިމާރާތުގެ ކޮރަޕްޝަންގެ ފައިސާ" ހަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ކުރަނީ ވައްކަން ކަމަށެވެ. އަދި ގައުމު ދަރަނިވެރިކޮށްގެން ގެންނަ ތަރައްގީ ރައްޔިތުން ބޭނުންނުވާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
ޚިޔާނާތުގެ ސަބަބުން ރައްޔިތުން ވަނީ ބިކަވެފައި: ހަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ