އަފްގާނިސްތާނުގައި ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގައި 26 ޕްރޮވިންސެއްގެ ވޯޓު ގުނާ ނިމުނުއިރު މިހާތަނަށް ކުރީގައި އުޅުއްވަނީ ކުރިން އެގައުމުގެ ހާރިޖީ ވަޒީރުކަން ކުރައްވާފައިވާ އަބްދުﷲ އަބްދުﷲ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އަފްގާނިސްތާނުގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ ޔޫސުފް ނުރިސްތާނީ ވިދާޅުވީ މިހާތަނަށް 26 ޕްރޮވިންސެއްގެ ވޯޓު ގުނާ ނިމިނުއިރު އެންމެ ކުރީގައި އުޅުއްވަނީ އަބްދުﷲ އަބްދުﷲ ކަމަށެވެ.
"މިހާތަނަށް ގުނާ ނިމުނު 26 ޕްރޮވިންސްގެ ނަތީޖާ ދައްކާގޮތުން %41.9 ވޯޓާއެކު ކުރީގައި އުޅުއްވަނީ އަބްދުﷲ އަބްދުﷲ. ދެވަނައިގައި %37.6 އުޅުއްވަނީ ޑރ.އަޝްރަފް ގަނީ. އަދި %9.8 އުޅުއްވަނީ ޒަލްމައި ރަސޫލް" ނުރިސްތާނީ ވިދާޅުވިއެވެ.
އަބްދުﷲ އަބްދުﷲ އަކީ އެގައުމުގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ހާމިޒް ކަރްޒާއީއާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަރާތެވެ.
ރިޕޯޓްތަށް ބުނާގޮތުން މި އިންތިހާބުގެ ދެވަނަ ބުރަކަަށް ދާކަަށް ނުޖެހޭނެއެވެ.ދެވަނަ ބުރަކަށް ދާން ޖެހޭނީ އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ ގިނަ ވޯޓް ލިބިފައިނުވާނަމަ އެވެ.
26 ޕްރޮވިންސެއްގަ ވޯޓް ގުނާ ނިމިފައިވާއިރު އަދި ވޯޓު ނުގުނާ 8 ޕްރޮވިންސެއް އެބައެވެ.
އަފްގާނިސްތާނުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާނީ އަންނަ މަހުގެ ފަހުކޮޅުގައެވެ.
26 ޕްރޮވިންސެއްގެ ވޯޓު ގުނާ ނިމުނުއިރު ކުރީގައި އުޅުއްވަނީ އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ