އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން ބާތިލް ކުރި މައްސަލައިގެ އާބިޓްރޭޝަންގައި، ރާއްޖޭގެ ގާނޫނީ މާހިރެއްގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދިވެހި ސަރުކާރުގެ ފަރާތުން ހަމަޖައްސައިފިއެވެ.
އިއްޔެ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގަމުން އަންނަ މައްސަލާގެ އާބިޓްރޭޝަންގެ އަޑުއެހުންތަކަށް އަބްދުﷲ ސައީދު މިހާރު ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފަ އެވެ.
ޝަރުއީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަބްދުﷲ ސައީދު އަކީ މިސްރުގެ އަޒްހަރު ޔުނިވަސިޓީ އިން ގާނޫނުގެ ރޮނގުންނާއި ޝަރީއާގެ ރޮގުން އެލްއެލްބީ (ކޮމްބައިންޑް އޮނަސް) ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިންޓަނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓް، މޯލްޓާގައި ގާނޫނުގެ ރޮނގުން މާސްޓާޒް (އެލްއެލްއެމް) ޑިގްރީ ވެސް އެމަނިކުފާނު ހާސިލް ކުރައްވާފައި ވެއެވެ.
ޖީއެމްއާރު މައްސަލައިގައި ރާއްޖޭގެ ގާނޫނީ މާހިރެއްގެ ގޮތުގައި ފަނޑިޔާރު އަބްދުﷲ ސައީދު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ