ރައީސް މައުމޫން މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު މާލެ ވަޑައިގެންފި އެވެ.
އެމަނިކުފާނު ރޭ މާލެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް މައުލޫމާތު ލިބެ އެވެ. އެމަނިކުފާނު ރޭ މާލޭ ވަޑައިގެންނެވީ ސިންގަޕޫރުގައި ދެ ހަފްތާ ހުންނެވުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ