އޮމާނަށް ކުރެއްވެވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މައުމޫން ރައްޖެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އޮމާނަށް ކުރެއްވެވި ރަސްމީ ދަތުރުފުޅަށްފަހު ބުރާސްފަތި ދުވަހު ހެނދުނު މާލެ ވަޑއިގެންފިއެވެ.
ރާއްޖެވަޑައިގަތުމަށްފަހު އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ މިދަތުރުފުޅުގައި އެމަނިކުފާނު ވާނީ ޜައްޖޭގައި އިންވެސްޓްމަންޓްތަކަށް ހުރި ފުރިޞަތުތައް މިދަތުރުފުޅުިގައި އޮމާންގައި ހާމަކުރައްވަވާފައި ކަަމށެވެ.
މިދަތުރުފުޅުގައި ރައީސް މައުމޫން ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޚާއްޞަ ސިޓީފުޅެއް އޮމާންގެ މިނިސްޓްރީ އޮފް ފޮރީން އެފެއަރޒްގެ ސެކެޓްރީ ޖެނެރަލް ބަދްރް ބިން އަމަދު ބިން އަމޫދު އަލްބަސައިދީއަށް އަރުވާފައެވެ.
މިސިޓީފުޅާއިބެހޭ އިތުރު ތަފްޞީލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައެް ނުވެއެވެ.
ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަަހަރު ފުރުން ފާހަގަކުރާ މިނިވަން 50 ގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ޜާއްޖެއާއި ސިޔާސީ ގުޅުން އޮތް ހުރިހައި ޤައުމުތަކަށް ވަނީ ދައުވަތުދީފައެވެ،
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ރާއްޖެއާއި ގާތް ގުޅުން އޮންނަ ޤައުމުތަކަށް ޚާއްޞަ ދައުވަތު ފޮނުއްވަމުން ގެންދަވާކަމަށާއި ރާއްޖޭގެ ދައުވަތުތައް ޤައުމުތަކުން ޤަބޫލުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ