އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި އިއްޔެ ޑޮނަލްޑް ޓްރަމްޕް ހޮވިވަޑައިގެންނެވުމުން ވަރަށް ގިނަ ބަޔަކު ދަނީ އެކަމާއި ހިތާމަފާޅުކުރަމުންނެވެ. އެންމެ ފަހުގެ މައުލޫމާތުތައް ބުނާ ގޮތުން ޓްރަމްޕް ވެރިކަމުން ދުރުކުރުކުރެވޭނީ ކިހިނެއްތޯ އެމެރިކާ ރައްޔިތުން މިހާރު ދަނީ ބަލަމުންނެވެ.
އެމެރިކާގެ ރައީސް ވެރިކަމުން ދުރުކުރުމުގެ ކަންކަން އޮންނަނީ ކިހިނެއްތޯ ބަލަން އިއްޔެ އިން ފެށިގެން ގޫގްލް ކުރި އެމެރިކާ މީހުންގެ އަދަދު ވަނީ މިހާރު 4850 އިންސައްތަ އިތުރުވެފައެވެ. މިއީ އާދަޔާއިހިލާފު ބޮޑު އަދަދެކެވެ.
ޓްރަމްޕް ވެރިކަމުން ދުރުކުރުމާއި ބެހޭ ގޮތުން ވާހަކަދެއްކި އެމެރިކާގެ ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ މިހާތަނަށް ޓްރަމްޕްގެ ވާހަކަތައް ހުރި ގޮތައް ބަލާއިރު ވެރިކަމުން ޓްރަމްޕް ދުރުކުރުމަށް ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ދާނެ ކަމަށެވެ.
އެމެރިކާގެ ތާރީޚްގައި އެގައުމުގެ ސެނެޓަށް ދެރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅުނެވެ. އެއީ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަންގެ އިތުބާރު ނެތް ކަމުގެ މައްސަލައެވެ. އެދެބޭފުޅުން ވެސް ވަނީ އިތުބާރުނެތް ކަމުގެ މައްސަލަ އިން ސަލާމަތްވެ ވަޑައިގެންފައެވެ.
ރިޗާޑް ނިކްސަން އެމެރިކާގެ ރައީސް ކަމުގައި ހުންނަވަނިކޮށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ސެނެޓަށް ހުށަހަޅަން ނިންމުމުން އޭނާ ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޓްރަމްޕްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ސެނެޓަށް ހުށަހަޅާ އޭނާ ރައީސް ކަމުގެ މަގާމުން ދުރުކުރުމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ސެނެޓްގެ ސާފު އަޣުލަބިއްޔަތު ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީ އަށް އޮތުމުން ޓްރަމްޕް ވެރިކަމުން ދުރުކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ.
ޓްރަމްޕް ވެރިކަމުން ދުރުކުރެވޭނީ ކިހިނެއްތޯ އެމެރިކާ ރައްޔިތުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ